ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކާއެކު ކުޑަހުސައިން ރޮއްވާލައިފި

ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކާއެކު ކުޑަހުސައިން ރޮއްވާލައިފި އެވެ. މާލޭ ކުޅިވަރު އެކުވެނީގައި ކުރިން އޮތް ވެލި ޓްރެކްގެ ބަދަލުގައި އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކުރި ސިންތެޓިކް ޓްރެކް ރަސް...

16 Jan 2021 | 15:45

ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކާއެކު ކުޑަހުސައިން ރޮއްވާލައިފި އެވެ.

މާލޭ ކުޅިވަރު އެކުވެނީގައި ކުރިން އޮތް ވެލި ޓްރެކްގެ ބަދަލުގައި އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކުރި ސިންތެޓިކް ޓްރެކް ރަސްމީކޮށް މިއަދު ހުޅުވާފައިވާ އިރު، ރާއްޖޭގެ ދިގު ދުވުމުގެ ގައުމީ ރެކޯޑް ހޯލްޑަރ ޑރ. ހުސައިން ހަލީމް ( ކުޑަހުސައިން) ވަނީ އޭނާގެ ޝުއޫރު ވަރަށް އަސަރުން ފުރިގެންވާ ގޮތެއްގައި ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ މާލޭގައި ސިންތެޓިކް ޓްރެކެއް އެޅުމަކީ 1983 ވަނަ އަހަރުން ފެށިގެން ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި ތިރީހަށް ވުރެ ގިނަ ނެޝަނަލް ރެކޯޑާއެކު ފާއިތުވެދިޔަ ދުވަސްތަކުގައި ވެސް އެއީ ދެކެމުން އައި ހުވަފެނެއް ކަަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން 1996 ވަނަ އަހަރު އެކަޑެމިކް ޖަރނީ ނުވަތަ ކޯޗުކޮށްދިނުމުގެ ދާއިރާއަށް ވަން ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް މިއީ ދެކެމުން އައި ހުވަފެނެއް ކަމަށް ބުނެފައި ވެއެވެ.

"އަހަރެން (ރަސްމީކޮށް) ދުވުން ހުއްޓާލިފަހުން، ފާއިތުވި 20 އަހަރު ވެސް އެތައް ގިނަ އިންޖަރީތަކާއެކު މިހާ ހިސާބަށް އާދެވުނީ. އަލްހަމްދުލިﷲ. މިއަދު އަހަންނަށް އެބަ ދުވާ ރަނިންގ ޓްރެކެއްގެ ފޮނި މީރު ވަސް މާލެއިން." ސިންތެޓިކް ރަނިންގ ޓްރެކްގައި އޮށޯވެލައިގެން އޮވެ ނަގާފައިވާ ފޮޓޯއަކާއެކު ކުޑަ ހުސައިން ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.

މާލޭ ކުޅިވަރު އެކުވެނީގައި މއިަދު ރަސްމީކޮށް ހުޅުވި ސިންތެޓިކް ޓްރެކަކީ ރާއްޖޭގައި ހުޅުވި ސިންތެޓިކް ދެވަނަ ޓްރެކެވެ. މީގެ ތިން އަހަރު ކުރިން ހުޅުމާލޭގައި ވެސް ވަނީ ސިންތެޓިކް ޓްރެކެއް ހުޅުވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް