ދާންދޫ އިން އަނެއްކާވެސް އިތުރު 5 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއކު މިހާރުވެސް މޮނިޓަރިންގ ގައި އޮތް ދާންދޫ އިން ފެނުނު މި ކޭސްތަކާއެކު މިހާރު އެރަށުގައި މިހާރު އެކްޓިވް 7 ކޭސްގެ ވަނީ ފެންމަތިވެފަ އެވެ.
އެރަށުން މީގެ ކުރިން ވެސް ވަނީ ދެމީހަކު ޕޮޒިޓީވް ވެފައެވެ.
ގއ އަތޮޅުގެ އިތުރު ދެ ރަށަކުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ފަރާތްތަށް ފެނިފައިވާ އިރު، އޭގެ ތެރޭގައި އެއަތޮޅުގައި އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވަނީ ގއ ދެއްވަދޫގަ އެވެ. އެރަށުން 54 ކޭސް ފެނިފައިވާ އިރު، ވިލިނގިލިން ވަނީ ދާންދޫ ކްލަސްޓަރގެ 2 ކޭސް ފެނިފަ އެވެ.
ގއ އަތޮޅުން އެންމެ ފުރަތަމަ ކޭސްތަށް ފެންނަން ފެށީ ދެއްވަދޫއިންނެވެ. އެއީ މިދިޔަ މަހުގެ 24 ވަނަ ދުވަހު، ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވުމާއިގުޅިގެން ނެވެ.
އެ ރަށަށް ބަލި ފެތުރުނީ އެމީހާގެ ފަރާތުން ކަމަށް މީގެކުރިން ބެލެވިފައިވީނަމަވެސް އެޗްއީއޯސީން ބުނެފައިވަނީ މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ބަލި ރަށު ތެރެއިން މާ ކުރިންވެސް ފެތުރިފައިވާކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ދެއްވަދޫ ކްލަސްޓަރއާ ގުޅުންހުރި ކޭސްތައް ހުޅުމާލެއާއި ލ. ފޮނުދޫއިންވެސް ފެނުނެވެ. އެއީ ލ. ފޮނަދުއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް