ދޮންބަންޑާރައިން ދެއްކެވި ފަރުދީ ޒިންމާގެ ނަމޫނާއިން ޢިބުރަތް ލިބިގެންނަން ޖެހޭ: އިމްރާން

ދިވެހި ރާއްޖޭގެ ހުރަވީ ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބަދުﷲ، ހުރިހާ ދިވެހި ރައްޔިތުންނަށް ފޮނުވައިފިއެވެ. މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރަވީ ބަޠަލު...

16 Jan 2021 | 13:26

ދިވެހި ރާއްޖޭގެ ހުރަވީ ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބަދުﷲ، ހުރިހާ ދިވެހި ރައްޔިތުންނަށް ފޮނުވައިފިއެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރަވީ ބަޠަލު، ދޮންބަންޑާރައިންގެ ޛިކުރާ އާކުރާ ހިނދު، އެ ބަޠަލު ދެއްކެވި ފަރުދީ ޒިންމާގެ ރިވެތި ނަމޫނާއިން ޢިބުރަތް ލިބިގަންނަންޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޤައުމު ތިމާގެ ޚިދުމަތަށް ގޮވާ ގޮވުމަށް އިޖާބަ ދިނުމުގައި ފަސް ނުޖެހުމަށް ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރާކަމުގައެވެ.

https://twitter.com/ShimranAb/status/1350390359730184193

އައްސުލްތާނުލް ޣާޒީ ހަސަންއިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) އިސްވެ ހުންނަވައ،ި ހިޖުރީ ގޮތުން 1166 ވަނަ އަހަރު ގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު މަލާބާރިން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވިހާދިސާ އާއި ގުޅުވައިގެން ހުރަވީ ދުވަސް ރާއްޖޭގައި ފާހަގަ ކުރަމުން ދެއެވެ.

ތާރީޚީ ފޮތްތަކުން ހާމަވާ ގޮތުގައި ހުރަވީދުވަހުގެ ގޮތުގައި މިދުވަސް ފާހަގަ ކުރަންފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ ތިންވަނަދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް