އިދިކޮޅު ކޯލިޝަނުން ދެއްވަދޫއަށް 4،000 މާސްކު ހަދިޔާ ކޮށްފި

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ގއ. ދެއްވަދޫއަށް މާސްކު ހަދިޔާ ކޮށްފި އެވެ. މިތަކެތި އެ ރަށު ރައްޔިތުންނާއި ހަވާލު ކޮށްދެއްވީ ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ...

16 Jan 2021 | 13:12

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ގއ. ދެއްވަދޫއަށް މާސްކު ހަދިޔާ ކޮށްފި އެވެ.

މިތަކެތި އެ ރަށު ރައްޔިތުންނާއި ހަވާލު ކޮށްދެއްވީ ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އެވެ. ޕީޕީއެމްއިން ބުނީ އެތަކެތި ހަދިޔާ ކުރީ ދެ ޕާޓީ އާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ.

ދެއްވަދޫގައި މިހާތަނަށް55 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ އަދި އެހެން ރަށްރަށުގައި އިބި އެ ކްލަސްޓާ އާއި ގުޅުން ހުރި ޕޮސިޓިވް ކޭސްތަކާއި އެކު60 އަށްވުރެ ގިނަ މީހުން ވަނީ ޕޮސިޓިވްވެފައި އެވެ.

އެޗްއީއޯސީން ބުނީ ދެއްވަދޫގައި ކޯވިޑް ފެތުރޭތާ ދުވަސްކޮޅެއް ވެދާނެ ކަމަށެވެ. އެ ރަށުގައި ކޯވިޑް ފެތުރެމުންދާކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހޯމް ކަރަންޓީނުން ދޫކޮށްލި ކުއްޖަކު ކޯވިޑަށް ޕޮސިޓިވްވުމުން އެ ކުއްޖާގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނުނު މީހުން ޓެސްޓު ކުރަން ފެށުމުންނެވެ.

ދެއްވަދޫގައި ކޯވިޑް ފެތުރެމުންދާ މައްސަލައިގަ މިއަދު އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދެއްވަދޫއިން ކޯވިޑްގެ ފެނި މުޅި ރަށް ބިރުވެރި ކަމެއްގެ ތެރޭގައި އޮތް ކަމަށެވެ. ސަރުކާރުން އެ ރަށުގައި ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށެވެ.

ރާއްޖޭގައި ބަލި ކޮންޓްރޯލްކުރެވިފައިވާ ކަމަށް ސަރުކާރުން ބުނަމުން ގެންދާއިރު ކުދި އާބާދީތަކުގައި ވައިރަސް ކޮންޓްރޯލް ނުވެ ދިޔުމަކީ ރާއްޖޭގައި ކޯވިޑް އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން ރައްޔިތުންގެ ހިތުގައި އިތުރަށް ބޮޑުވާނެ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ އާބާދީ ކިތަންމެ ކުޑަޔަސް ވައިރަސް ފެތުރެން ފެށުމާއި އެކު ވީހާވެސް އަވަހަކަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލާފައި އެވެ. އަދި އެ ރަށްރަށުގައި ކޯވިޑަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް