މިއަދަކީ ދިވެހިރާއްޖޭގެ ހުރަވީ ދުވަހެވެ. މި ދުވަހަށް ޚާއްޞަކޮށްގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ތައްޔާރު ކޮށްފައިވާ "ދޮންބަންޑާރައިން" ގެ ވީޑިއޯ ޕްލޭއެއް ޓީވީއިން ފެނިގެން ދާނެކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މިއީ ހުރަަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުނ،ް އަންނަން އޮތް ޖީލުތަކަށް ދޮންބަންޑާރައިންގެ ޖިހާދަށްފަހު، ދިރިއުޅުއްވުން ދައްކުވައިދޭ ވީޑިއޯ ޕްލޭއެއް ތައްޔާރުކޮށް އާއްމުންނަށް ފޯރުކޮށްދިނުމަށް ހޯމް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ.
" ދޮންބަންޑާރައިން" ވީޑިއޯ ޕްލޭ ގެނެސްދޭނީ ޕީއެސްއެމް އިން ލައިވް ކުރާ ޓޯކް ޝޯއެއްގައެވެ.
މި ޝޯގައި ޕެނަލިސްޓުންގެ ގޮތުގައި ތިއްބަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމް އެފެއާޒް މުހައްމަދު މާހިރު އީސާ، މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ 2 އެނަލިސްޓުން ކަމުގައިވާ އަލް އުސްތާޛް މުހައްމަދު ނާޖިހު އަދި އަހުމަދު އާލާ (އާލާ ދީދީ) އެވެ.
https://twitter.com/HomeMinistrymv/status/1349981952732876800
ހޯމް މިނިސްޓްރީއިން މައުލޫމާތު ދެއްވާ ގޮތުގައި، ވީޑިއޯ ޕްލޭ ފެނިގެން ދާނީ ޓޯކް ޝޯގެ ތެރެއިންނެވެ. އަދި ޕްރޮގްރާމް ހިނގަމުން ދާއިރު ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެނ ކަމަށާއި، ޓްވީޓް ކޮމެންޓްސްގައި ވެސް ސުވާލު ކުރެވޭނެ ކަމަށެވެ.
މިރޭ21:00 ގައި ޓީ.ވީ.އެމް އަދި ރާއްޖެ ޓީވީން ހުރަވީ ދުވަހުގެ ޚާއްޞަ ޝޯ ފެނިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް