ހުޅުމާލޭ މިސްކިތުގައި ދިވެއްސަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ނަމާދުކުރަން ހުރި ދިވެއްސަކަށް ބިދޭސީއަކު ހަމަލާދިން މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
އެ ބިދޭސީ މީހާ، ދިވެހި މީހާގެ ކަރުގައި ހިފާފައިވާ ކަމަށް މަޢުލުމާތު ލިބިފައިވާ އިރު، މި ހާދިސާ ހިނގާފައިވަނީ އިއްޔެ އަސުރު ނަމާދު ވަގުތު އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ ރައްޔިތެއް އެ މިސްކިތަށް އަރާ އެ ވަގުތު ނަމާދަށް ހުރި ދޮށީ އުމުރުގެ ދިވެއްސެއްގެ ކަރުގައި ހިފުމުން އެ މިސްކިތުގައި ތިބި މީހުން ވަނީ އެކަން ހުއްޓުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް