މިއީ ރައީސް ޔާމީންގެ ވެރިކަން ނަމަ ދިވެހި ރައްޔިތުން ތިބޭނީ ކޮވިޑު ވެކްސިން ޖަހައިގެން ކަމުގައި ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޝުޖާއު ވިދާޅުވެފައިވަނީ ޕެނަޑޯލު ގުޅައާއި ގަލަމަކީ ތަރައްގީއޭ ބުނީމަ ގަބޫލުކުރަން ދަތި ކަމަށެވެ. ހަތަރު ލައްކަ ރައްޔިތުންގެ މި ކުޑަ އާބާދީއަށް މި ސަރުކާރުން ހިލޭ މާސްކެއް ބަހާ ނުލެވުނު ކަމުގައިވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.
" މިއީ ރައީސް ޔާމީންގެ ވެރިކަން ނަމަ ރައްޔިތުންގެ ފައިސާއިން ވައްކަން ނުކޮށް ވެންޓިލޭޓަރ ދިވެހިރާއްޖެ އަށް ހުންނާނީ ހިލޭ ހޯއްދަވާފަ" ޝުޖާއު ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިއީ ރައީސް ޔާމީންގެ ވެރިކަން ނަމަ ރައްޔިތުންގެ ފައިސާއިން ވައްކަން ނުކޮށް ވެންޓިލޭޓަރ ދިވެހިރާއްޖެ އަށް ހުންނާނީ ހިލޭ ހޯއްދަވާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް