ވިލިނގިލިން ފައްސިވި ދަރިވަރުގެ ކްލާސް ކުއްޖެއް ކޮވިޑަށް ފައްސިވެއްޖެ

ގއ. ވިލިނގިލީ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދިޔަ ދަރިވަރަކު ފައްސިވި ކްލާހުގެ އިތުރު ދަރިވަރެއް ކޮވިޑަށް ފައްސިވެއްޖެ އެވެ. މިއީ އެއް ކްލާހެއްގެ އިތުރުން، އެއް ގެއެއްގައި އުޅެމުން އަންނަ ދެކު...

16 Jan 2021 | 10:25

ގއ. ވިލިނގިލީ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދިޔަ ދަރިވަރަކު ފައްސިވި ކްލާހުގެ އިތުރު ދަރިވަރެއް ކޮވިޑަށް ފައްސިވެއްޖެ އެވެ. މިއީ އެއް ކްލާހެއްގެ އިތުރުން، އެއް ގެއެއްގައި އުޅެމުން އަންނަ ދެކުދިންނެވެ.

ވިލިނގިލީ ސްކޫލް ބަންދުކުރީ މި މަހުގެ14 ވަނަ ދުވަހު އެ ސްކޫލުން ކޮވިޑް19 އަށް ދަރިވަރަކު ފައްސިވުމުންނެވެ. އެ ކުއްޖާވަނީ މިދިޔަ އާދީއްތަ ދުވަހު ސްކޫލަށް ގޮސްފައެވެ.

މިދިޔަ ބުދަ ދުވަހު ވިލިނގިލިން ފެނުނު ކޭސްއާ ގުޅިގެން، އޭނާއާ ކޮންޓެކްޓުވި މީހުން ޓެސްޓުކުރި އިރު އޭގެ ތެރެއިން އެންމެ މީހަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ކޮވިޑަށް ނައްސިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް