އިސްދޫގައި ހޯމް ކަރަންޓީނުގައިހުރި ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލ. އިސްދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިކަމާގުޅޭގޮތުން އެ ރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށު އިތާ ގޭގައި ހޯމް ކަރަންޓީނުގައި...

16 Jan 2021 | 10:23

ލ. އިސްދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާގުޅޭގޮތުން އެ ރަށު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށު އިތާ ގޭގައި ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް 10 ދުވަސް ހަމަވެ ސާމްޕަލް ނެގި އިރު އެ ސާމްޕަލް ޕޮޒިޓިވް ވެފައިވާކަމަށެވެ.

"ވީމާ އެންމެހައި ރައްޔިތުން މިކަމަށް ސަމާލުވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ" އެ ކައުންސިލުން ބުނެފައިވެއެވެ.

އިސްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގެ އެކި ރަށްރަށުން ކޮވިޑު ކޭސްތައް ފެންނަލެއް މިހާރު އަންނަނީ ގިނަވަމުންނެވެ. ސްކޫލުތައް ހުޅުވާލުމާއެކު ސްކޫލުތަކުންވެސް ބައެއް ކޭސްތައް މިހާރު އަންނަނީ ފެންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް