ބިލަބޮންގް އިންޓަނޭޝަނަލް ސުކޫލުން ހަތަރު ދަރިވަރަކު މިއަދު ކޮވިޑަށް ފައްސިވެއްޖެއެވެ.
ބިލަބޮންގް ސްކޫލުން ބެލެނިވެރިންނަށް ކޮށްފައިވާ މެސެޖެއްގައި ވަނީ، އެއް އާއިލާއަކުން ބައެއް ކުދިން ފައްސި ވެފައިވާކަމަށް އެ ސްކޫލަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކުދިން މިދިޔަ ބުރާސްފަތި ދުވަހު ސްކޫލަށް ހާޒިރުވެފައި ނުވާކަމަށެވެ. ލިބިފައިވާ މައުލޫމާތުން، އެކުދިންނަށް ކޮވިޑް ޖެހުނީ ސްކޫލުން ނޫންކަމަށް، އެ ސްކޫލްގެ މެސެޖުގައި ވެއެވެ.
ސްކޫލްގެ ޕޮލިސީގައި ވާގޮތަށް، ދަރިވަރުން ސްކޫލަށް ވަންނައިރު މާސްކު އަޅައި، ސްކޫލްގައި ގައިދުރުކަން ބަހައްޓާކަން ވިލަބޮންގް އިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެއްވެސް ކުއްޖެއް ކޮވިޑްގެ އަލާމާތްތަކާއެކު ސްކޫލަށް ނުވާއިރު، ސްކޫލުތެރެއިން ވެސް އެއްވެސް ކުއްޖެއްގެ ފަރާތުން އަލާމާތްތައް ނުފެންނަކަމަށް އެ ސްކޫލުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް