ދުނިޔޭގެ އެންމެ ބޮޑު ކޯވިޑް-19 ވެކްސިން ޕްރޮގްރާމް އިންޑިއާގައި ފަށައިފި

ދުނިޔޭގެ އެންމެ ބޮޑު ކޯވިޑް-19ގެ ވެކްސިން ޕްރޮގްރާމް އިންޑިއާގައި ފަށައިފި އެވެ. ރަސްމީކޮށް އިންޑިއާގެ ވެކްސިން ޕްރޮގްރާމް ފައްޓަވައިދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. ވެކްސިން ދޭން ފ...

16 Jan 2021 | 09:25

ދުނިޔޭގެ އެންމެ ބޮޑު ކޯވިޑް-19ގެ ވެކްސިން ޕްރޮގްރާމް އިންޑިއާގައި ފަށައިފި އެވެ.

ރަސްމީކޮށް އިންޑިއާގެ ވެކްސިން ޕްރޮގްރާމް ފައްޓަވައިދެއްވީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. ވެކްސިން ދޭން ފެށުމުގެ ގޮތުން ފުރަތަމަ ކޯވިޑް-19 ގެ ވެކްސިން ދިނީ ސާފު ކުރުމުގެ މަސައްކަތް ކުރާ މީހަކަށެވެ.

އިންޑިއާގައި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހެލްތް ވޯކަރުންނަށެވެ. އެގޮތުން 10 މިލިއަން ހެލްތް ވޯކަރުންނަށް ފުރަތަމަ ބުރުގައި ވެކްސިން ދޭން ނިންމާފައިވެއެވެ.

ދެވަނައަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކޯވިޑްގެ ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރާ ދާއިރާތައް ކަމަށްވާ ފުލުހުންނާއި ސިފައިން، މުނިސިޕަލް އަދި ފްރަންޓްލައިން އެހެން މަސައްކަތްތެރިންނަށެވެ. ދެން ވެކްސިން ދޭނީ 50 އަހަރުން މަތީގެ މީހުންނާއި 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ފަރުވާ ކުރާ ބަލިތައް ޖެހިފައިވާ މީހުންނަށެވެ.

އިންޑިއާގައި ދެނީ ކޮވިޝީލްޑާއި ކޯވެކްސިން އެވެ. މި ދެ ވައްތަރުގެ ވެކްސިންގެ 16.5 މިލިއަނަށްވުރެ ގިނަ ޑޯޒު އިންޑިއާގެ އެކި ސަރަހައްދުތަކަށް ސަރުކާރުން ފޮނުވާފައިވެ އެވެ.

އިންޑިއާގައި މިއަދު ފެށީ ޕްރޮގްރާމްގައި ގާތްގަނޑަކަށް 1.3 ބިލިއަން މީހުންގެ އާބާދީއަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް