އިއްޔެ ހުޅުމާލޭ މިސްކިތެއްގައި ނަމާދު ކުރަން ހުރި އުމުރުން ދުވަސްވީ ދިވެއްސަކަށް ބިދޭސީއަކު ހަމަލާދިނުން ޓެރަރިޒަމްގެ އަމަލަށް ނުވުމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލް ހިތްހަމަނުޖެހުން ފާޅު ކުރައްވައިފި އެވެ.
ހުޅުމާލޭ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައި ނަމާދު ކުރަން ހުރި އެ މީހާއަށް ހަމަލާދީފައިވަނީ އިންޑިއާ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ މީހާ ވަނީ އެމީހާ އަސުރު ނަމާދަށް ހުއްޓަ ފަހަތުން ކަރުގައި ހިފާފައި އެވެ.
މި މައްސަލައިގަ ހިތްހަމަ ނުޖެހުޖުން ފާޅު ކުރައްވައި ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަޅުކަން ކުރަން މިސްކިތުގައި ތިބޭއިރު ހަމަލާ ދިނުން ޓެރަރިޒަމްގެ ކުށަކަށް ނުވާ ކަމަށެވެ. ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެ ހާދިސާ އާއި ގުޅޭގޮތުން ނޫސްތަކުގައި ޖަހާފައިވާ ސުރުހީތައް ކިޔާލުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ.
އިތުރަށް ވިދާޅުވީ މި މައްސަލައިގަ ހަރުކަށިކަމާއި ޓެރަރިޒަމް އޭ ކިޔައިގެން ވާހަކަ ދައްކާ މީހުންވެސް ތިބީ ހައްޕު ކިޔައިގެން ކަމަށެވެ.
https://twitter.com/IVaadhuvee/status/1350271499408613376
އާންމު ގޮތެއްގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ދީނީ އަޅުކަން ކުރާ ތަންތަނުގައި ދޭ މިފަދަ ހަމަލާތަކަކީ ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ކަނޑައަޅައެވެ. އެކަމަކު މި މައްސަލައިގަ ފުލުހުން އެމީހާގެ މައްސަލަ ބަލާއި ގުޅޭގޮތުން އަދިވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.
އުމުރުން ދުވަސްވީ މީހާއަށް އިއްޔެ ބިދޭސީ މީހާ ހަމަލާ ދިނުމުން ސަލާމަތް ކުރީ މިސްކިތުގައި ތިބި އެހެން މީހުން ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް