ދެއްވަދޫއިން އިތުރު 11 މީހުން ޕޮސިޓިވްވެ ޖުމްލަ 55 އަށް

ގއ. ދެއްވަދޫއިން އިތުރު 11 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ދެއްވަދޫ ކައުންސިލުން މީޑިއާގައި ބުނީ އިތުރު 11 މީހުން ޕޮސިޓިވްވެފައިވަނީ ރޭގެ ނިޔަލަށް ކަމަށެވެ. އަލަށް ޕޮސިޓިވްވި 11 މީހުންގެ ތ...

16 Jan 2021 | 07:31

ގއ. ދެއްވަދޫއިން އިތުރު 11 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ދެއްވަދޫ ކައުންސިލުން މީޑިއާގައި ބުނީ އިތުރު 11 މީހުން ޕޮސިޓިވްވެފައިވަނީ ރޭގެ ނިޔަލަށް ކަމަށެވެ. އަލަށް ޕޮސިޓިވްވި 11 މީހުންގެ ތެރެއިން ދެ މީހުންނަކީ ހޯމް ކަރަންޓީން ފުރިހަމަ ކުރުމުން ޓެސްޓު ކުރި އިރު ޕޮސިޓިވްވި ދެ މީހުންނެވެ.

އަލަށް ފެނުނު ކޭސްތަކާއި އެކު ދެއްވާދުގައި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 55 އަށް އަރާފައި އެވެ.

އެރަށުގައި ކޯވިޑް ފެތުރެމުންދާކަން އެނގުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހޯމް ކަރަންޓީނުން ދޫކޮށްލި ކުއްޖަކު ކޯވިޑަށް ޕޮސިޓިވްވުމުން އެ ކުއްޖާ އާއި ގުޅުން ހުރި މީހުން ދެނެގަތުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެޗްޕީއޭއިން ދަނީ އެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.

ދެއްވަދޫގެ 50 އަށްވުރެ ގިނަ ގެ ހުރީ ޕޮސިޓިވް މީހުންނާއި ކޮންޓެކްޓުން ދިރިއުޅޭތީ ކަރަންޓީން ކޮށްފައި އެވެ.

ދެއްވަދޫ ކްލަސްޓާ އާއި ގުޅުން ހުރި ކޭސްތައް އިތުރު ހަތަރު ރަށަކުން ފެނިފައިވެ އެވެ. އެއީ އެއަތޮޅު ދާންދޫ، ވިލިނގިލި އަދި ހުޅުމާލެއާއި ލ. ފޮނަދޫއިންނެވެ.

ދެއްވަދޫ ކްލަސްޓާ އާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ތެރޭގައި އެ ރަށާއި ވިލިނގިލި އަދި ދާންދޫ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް