ދޮންބަނޑާރައިންގެ ގުރުބާނީގެ ހަނދާން އާކޮށް، ގައުމީ ރޫޙު ދިރުވާ އާލާކުރަން ޖެހޭ: ރައީސް

ދޮންބަނޑާރައިންގެ ގުރުބާނީގެ ހަނދާން އާކޮށް، ގައުމީ ރޫޙު ދިރުވާ އާލާކުރަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަކަ ކުރަމުންދާ ހުރަވ...

16 Jan 2021 | 07:22

ދޮންބަނޑާރައިންގެ ގުރުބާނީގެ ހަނދާން އާކޮށް، ގައުމީ ރޫޙު ދިރުވާ އާލާކުރަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަކަ ކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އެވެ. ރައީސް ސޯލިހުގެ ޓުވީޓުގައި ވަނީ ހުރަވީ ދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ދިވެހިރައްޔިތުންނަށް އަރިސް ކުރައްވާފައި އެވެ.

ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވީ ހުރަވީ ދުވަސް ފާހަގަ ކުރާއިރު ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރައްވައި ދޮންބަނޑާރައިން ދިވެހި ގައުމަށްޓަކައި ވެވައިގެންނެވި ގުރުބާނީގެ ހަނދާން އާ ކުރަން ޖެހޭ ކަމަށެވެ. އަދި ގައުމީ ރޫޙު ދިރުވާ އާލާކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

https://twitter.com/ibusolih/status/1350334826516152322

ހުރަވީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަހު އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުރަވީ ދުވަސް ފާހަގަ ކުރީ 1980 ވަނަ އަހަރު އެވެ.

ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިނެއް ވީ އާދީއްތަ ވިލޭރެއަކީ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަނީ، ދިވެހި ގައުމުގެ އެންމެހައި މުވާޠިނުން ގައުމީ އަބްޠާލުންގެ ޒިކުރާ އަމަލީގޮތުން ދިރުވުމުގެ ހިތްވަރު ލިބިގަތުމަށާއި، އެއަބްޠާލުން ގެނެސްދެއްވި މިނިވަންކަމާއި، ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި ދެމެހެއްޓުމުގެ ގޮތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް