ހާއްސަކޮށް ދިވެހި ފިރިހެނުންގެ މެދުގައި މަގްބޫލު ދިވެހި މޮޑެލް ކައިޒީންގެ އާ ފޮޓޯއަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ލިބިއްޖެއެވެ.
ކައި އިއްޔެ އިންސްޓަ ކުރި މި ފޮޓޯއަށް މިހާތަނަށް 11 ހާހަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު ކައިގެ މި ފޮޓޯއާއެކު އޭނާ ވަނީ ވަރަށް ތަފާތު މެސެޖެއްވެސް ދީފައެވެ.
މި ފޮޓޯގެ ކެޕްޝަންގައި ކައި ބުނެފައިވަނީ "ގުޅެންޔާ ގުޅޭނީ ވަރަށް ފުންކޮށް ކަމަށެވެ. ނޫންނަމަ އެއްގޮތަކަށްވެސް ނުގުޅޭނެ" ކަމަށެވެ.
ކައިޒީން އަކީ ރާއްޖޭގައި ވަރަށް މަޝްހޫރު މޮޑެލް އެކެވެ. ކައިގެ އިންސްޓަގްރާމަށް އެކަނި ބަލާލިޔަސް އެކަން އެނގިގެންދެއެވެ. ލައްކައަކަކަށްވުރެ ގިނަ ފޮލޯވަރުން ތިބި ކައިގެ އެކައުންޓަށް ލާ ހަމަ ކޮންމެ ފޮޓޯއެއް ހިޓަކަށްވެ، ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމް ފުރާލައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް