ގުޅިގެން މަސައްކަތް ކުރުމަށް ޝާހިދު ނިކަރާގުއާގެ ފޮރިން މިނިސްޓަރާއި މަޝްވަރާ ކުރައްވައިފި

ފޮރިން މިނިސްޓަރުު ޢަބްދުﷲ ޝާހިދު، ނިކަރާގުއާގެ ފޮރިން މިނިސްޓަރު ޑެނިސް ރޮނާލްޑޯ މޮންކާޑާ ކަލިންޑްރެސް އާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ. މި ފޯން ކޯލްގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދ...

16 Jan 2021 | 06:41

ފޮރިން މިނިސްޓަރުު ޢަބްދުﷲ ޝާހިދު، ނިކަރާގުއާގެ ފޮރިން މިނިސްޓަރު ޑެނިސް ރޮނާލްޑޯ މޮންކާޑާ ކަލިންޑްރެސް އާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

މި ފޯން ކޯލްގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ. އެގޮތުން ތިމާވެށީގެ ދާއިރާފަދަ ދާއިރާތަކުގައި ބައިނަލްއަޤްވާމީ މަސްރަހުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އެ މަޝްވަރާތަކުގައި ކޯވިޑަށް ފަހު އިގްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތާ ބެހޭ މައުލޫމާތު، ނިކަރާގުއާގެ ފޮރިން މިނިސްޓަރަށް، މިނިސްޓަރ ޝާހިދު އެރުވިއެވެ.

މީގެ އިތުރުން އދގެ ނިޒާމުގެ ތެރޭގައި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެ ފޮރިން މިނިސްޓަރުން ވަނީ އަރުވާފައެވެ.

ރާއްޖެއިން ނިކަރާގުއާ އާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 11 މެއި 2010 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް