ވަރުން އާއި ނަތާޝާގެ ކައިވެނި މިމަހު 24 ގައި

ބޮލީވުޑްގެ މަޝްހޫރު ބަތަލް ވަރުން ދަވަން އާއި ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލް މިމަހުގެ 24 ވަނަ ދުވަހު ކުރަން ނިންމައިފި އެވެ. ދެ ފަރާތު އާއިލާގެ އިތުރުން 40-50 އާއި ދެމެދުގެ އަދަދަކަށް މީހުން ވަނީ ކ...

16 Jan 2021 | 06:01

ބޮލީވުޑްގެ މަޝްހޫރު ބަތަލް ވަރުން ދަވަން އާއި ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލް މިމަހުގެ 24 ވަނަ ދުވަހު ކުރަން ނިންމައިފި އެވެ.

ދެ ފަރާތު އާއިލާގެ އިތުރުން 40-50 އާއި ދެމެދުގެ އަދަދަކަށް މީހުން ވަނީ ކައިވެނީގެ ދައުވަތު ކާޑު ފޮނުވާފައި އެވެ. ކާޑުގައި ވާގޮތުން ކައިވެނި ހަފްލާއި އެނޫންވެސް ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22-25 އާއި ދެމެދުގެ ތާރީހުތަކުގައި އެވެ.

ވަރުން އާއި ނަތާޝާގެ ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޕަންޖާބީ ސްޓައިލަށެވެ. ރިޕޯޓުތައް ބުނާގޮތުގައި ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މަހާރާސްޓްރާގެ މުމްބާއީގެ ގޮނޑުދޮށް ސަރަހައްދެއްގައި އޮންނަ ޓައުނެއް ކަމަށްވާ އަލިބާގް ގައި އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ވަރުންގެ ކައިވެންޏަށް އަލިބާގްގެ ގޮނޑުދޮށް ކައިރީގެ އަގުބޮޑު ރިސޯޓެއް ގޮނޑުދޮށާއި އެއްކޮށް ކުއްޔަށް ހިފާފައި އެވެ. އަދި އެތަނުގައި ކައިވެންޏަށް ދައުވަތު ދީފައިވާ ހުރިހާ އެންމެންނަށް މިމަހުގެ 22-25 އަށް ތިބުމާއި ހުރުމާއި އެނޫންވެސް ހުރިހާ އިންތިޒާމެއް ވަނީ ހަމަޖައްސާފައި އެވެ.

އުމުރުން 33 އަހަރުގެ ވަރުން އާއި ނަތާޝާ ފުރަތަމަ ބައްދަލުވެފައިވަނީ ވަރުން ގްރޭޑް ހައެއްގައި އުޅުނު އިރު އެވެ. ވަރުން މީޑިއާގައި ބުނީ އޭނާއަށް ނަތާޝާ ދެކެ ލޯބިވެވުނީ ގްރޭޑް 12 ގައި އުޅެނިކޮށް ކަމަށެވެ.

ނަތާޝާ އަކީ ޑިޒައިނަރެކެވެ.

މި ދެ ލޯބިވެރިންގެ ކައިވެނި މިދިޔަ އަހަރު ކުރަން އުޅުމަށްފަހު ފަސް ކުރީ ކޯވިޑް-19 އާއި ގުޅިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް