ފޯނު ފޭރިގަތީމަ ފަހަތުން ދުވަނިކޮށް މަރާލައިފި

މިދިޔަ ބުދަ ދުވަހުގެރޭ 9:40 ހާއިރު ހިނގާފައިވާ. މި ޙާދިސާގައި އަންހެންމީހާ މަރާލާފައިވަނީ ބަޑީޖަހައިގެންނެވެ. އެގޮތުން ކްލީވްލޭންޑް ގައި ހިނގާފައިވާ މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ފިހާރަޔަކުން މ...

16 Jan 2021 | 05:15

މިދިޔަ ބުދަ ދުވަހުގެރޭ 9:40 ހާއިރު ހިނގާފައިވާ. މި ޙާދިސާގައި އަންހެންމީހާ މަރާލާފައިވަނީ ބަޑީޖަހައިގެންނެވެ.

އެގޮތުން ކްލީވްލޭންޑް ގައި ހިނގާފައިވާ މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ފިހާރަޔަކުން މި ދެމީހުން ދިމާވުމުގެ ސަބަބުންނެވެ.

އުމުރުން 32 އަހަރުގެ އެންޑްރިއާ ނަމަކަށް ކިޔާ މި އަންހެންމީހާ ފިހާރަކުރަމުން ގޮސް އޭނާގެ ފޯނު ކައުންޓަރު މަތީގައި ބޭއްވުމުން ފިރިހެން މީހާ ވަނީ ފޯނު ނަގައިގެން ދުވަމުން ފިލަން އުޅެފައެވެ. އެގޮތުން ފޯނު ހިފައިގެން ބާރަށް ދުވަމުން އޭނާ ފިހާރައިން ނިކުތުމުން އެންޑްރިއާވެސް ދުވަމުން އޭނާ ފަހަތުން ނިކުތީކަމަށް  ކްލީވްލޭންޑްގެ ޕޮލިހުން ބުނެފައިވެއެވެ.

އެހެން ނަމަވެސް ފޯނާ ހިސާބަށް އަންހެންމީހާއަށް ނުދެވެނީސް އޭނާގެ ބޮލަށް ބަޑިޖަހައި ވަނީ މަރާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް