ފުވައްމުލަށް ސިޓީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އޭއޯ ނިއުސްގައި ރިޕޯޓްކޮށްފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ނައިބުތުއްތު މަގުން ފުނާޑު ޕާކް ކަންމަތީގައެވެ. ދެ ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު މީހާއަށް ފުއްވަމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
"މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޕާކްކައިރީ ގައި އޮތް ގޯޅި ތެރެއިން ނިކުތް ސައިކަލަކާއި ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ." އޭއޯގައި ބުނެފައިވެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 23:25 ހާއިރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް މީހަކަށް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވީނަމަވެސް އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް