N/A
ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަށް
ޑިޒައިން އެންޑް ކޮންސަލްޓެންސީގެ ޚިދުމަތް ހޯދަން އީޕޮކް އެސޯސިއޭޓްސް ޕްރައިވެޓް
ލިމިޓެޑާއެކު އައިލެންޑް އޭވިއޭޝަނުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ޓާމިނަލް ބޮޑު ކުރުމާއި
ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތައް އީޕޮކް އިން ބަލާނެއެވެ. އެގޮތުން
އެއާޕޯޓުގެ އެރައިވަލް ސަރަހައްދު ބޮޑުކުރެވޭނެ ގޮތްތައް ބެލުމާއި ޗެކިން އަދި ބަގޭޖް
ހޭންޑްލިންގް ޚިދުމަތް ޒަމާނީ ކުރުމާއި ޓާމިނަލްގެ އެތެރޭގެ އިންޓީރިއަރ ބަދަލު
ކުރުމާއި ފަސިންޖަރުންގެ ލައުންޖެއް ހެދުމާއި އިތުރު ޑިޕާޗާ ގޭޓުތައް ހެދުމާއި
އެއާޕޯޓުގެ އޮޕަރޭޝަނަލް އެންޑް ސަޕޯޓަށް ބޭނުންވާ އިތުރު ޖާގަ ހެދުމާއި ބޭބީ ކެއާ
ފެސިލިޓީ ހެދުމާއި އައުޓް ޑޯ އޭރިއާތައް ހެދުމާއި ލޭންޑްސްކޭޕިންގް މަސައްކަތްކުރުމުގެ
ޑިޒައިން އެންޑް ކޮންސަލްޓެންސީގެ ޚިދުމަތް އީޕޮކް އިން ފޯރުކޮށްދޭނެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނެފައިވަނީ ދަރަވަންދޫ
އެއާޕޯޓަކީ ބ. އަތޮޅުގެ ޓޫރިޒަމްގެ މައި ދޮރާށި ކަމަށާއި މި މަޝްރޫޢަކީ ރާއްޖޭގެ
ހުރިހާ އެއާޕޯޓެއްގެ ފެންވަރު ރަނގަޅު ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ފަށާ
މަޝްރޫޢެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް