ކޯވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮސިޓިވްވީ13 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮސިޓިވްވި ހަތް މީހުން ކަމަށެވެ. ދެން ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރޭގެ ރަށްރަށުން ހަތަރު މީހަކާއި އޮޕަރޭޓް ކުރާ ރިސޯޓުތަކުން ދެ މީހަކު ކަމަށެވެ.
މިއަދަކީ24 ގަޑިއިރު ތެރޭގައި މިހާތަނަށް އެންމެ ގިނަ ސާމްޕަލް ކޯވިޑަށް ޓެސްޓު ކުރި ދުވަހެވެ. އެޗްޕީއޭއިން ބުނީ މިދިޔަ24 ގަޑިއިރު ތެރޭގައި ރާއްޖޭގައި ކޯވިޑަށް2،754 ސާމްޕަލް ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށެވެ.
މިވަގުތު ކޯވިޑަށްފަރުވާ ދެމުން ދަނީ577 މީހުންނަށެވެ. އޭގެ ތެރެއިން61 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
https://twitter.com/HPA_MV/status/1338891415145885696
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް