ލިޓަސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަތަރު ސައިކަލު ހަދިޔާކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލު ވިޔަފާރި ކުރާ ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަތަރު ސައިކަލު ހަދިޔާކޮށްފިއެވެ. މި ކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު...

15 Dec 2020 | 15:02

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލު ވިޔަފާރި ކުރާ ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަތަރު ސައިކަލު ހަދިޔާކޮށްފިއެވެ.

މި ކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ. އަދި ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފަށް މި ތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޒާހިރުއެވެ.

މި ރަސްމިއްޔާތުގައި ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ސައިކަލް ހަދިޔާކުރުމާ ގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން ވަނީ ލިޔުމެއް ހަވާލުކޮށްފައެވެ. މި ލިޔުން ލިޓަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ރަސްމިއްޔާތުގައި ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމްގެ އިތުރުން ލިޓަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޒާހިރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިޔާ ކުރި ސައިކަލްތަކަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކުރަމުން ގެންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ލިޓަސް މޯލްޑިވްސްގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ސައިކަލް ތަކެކެވެ.

ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާ ކޮށްފައިވަނީ އެ ކުންފުނިން އަލަށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށާފައިވާ ހައޯޖޫ 125 ސީސީ ބްރޭންޑްގެ ސައިކަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް