މާ ގިނައިން އިސްތަށި ފައިބަނީ ކީއްވެކަން އެނގޭތަ

އިސްތަށި ފޭބުމަކީ މިހާރަކަށް އައިސް އަހަރެމެން ދިވެހީންގެ ތެރޭގައި ވަރަށް ޢާންމުވެފައިވާ ކަމެކެވެ. އެހެން ނަމަވެސް މިއީ ދިވެހިންނަށް އެކަނި ކުރިމަތިވަމުންދާ މައްސަލައެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ހިސާބެ...

15 Dec 2020 | 12:47

އިސްތަށި ފޭބުމަކީ މިހާރަކަށް އައިސް އަހަރެމެން ދިވެހީންގެ ތެރޭގައި ވަރަށް ޢާންމުވެފައިވާ ކަމެކެވެ. އެހެން ނަމަވެސް މިއީ ދިވެހިންނަށް އެކަނި ކުރިމަތިވަމުންދާ މައްސަލައެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގެ އަދި ހުރިހާ އުމުރެއްގެ މީހުންނަށްވެސް މި މައްސަލަވަނީ ކުރިމަތި ވެފައެވެ. އިސްތަށި ފޭބުމަށް ހައްލެއް ހޯދުމުގެ ކުރިން އިސްތަށި ފައިބާ ޙަޤީޤީ ސަބަބު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތިޔަ ބޭނުންކުރެވެނީ ގުޅޭ ޝޭމްޕޫ އެއްތޯ ބަލައިލާށެވެ.

ދިރާސާތަކުން ދައްކާގޮތުގައި ރާއްޖެއަކީ ވަރަށް ހޫނުގަދަ ޤަޢުމަކަށްވުމުން ހަންގަނޑަށް ވަރަށް ތަފާތު ބަދަލުތައް އާދެއެވެ. މާބޮޑަށް ކުރަކި ހަންގަނޑެއް ބޮލުގައިވާނަމަ ހަފުތާއަކު 3 ދުވަހަށް ވުރެން އިތުރަށް އިސްތަށިގަނޑު ދޮންނަނަމަ އިސްތަށި ފޭބުން އިތުރުވެދާނެއެވެ. އަދި އޮއިލީ ހަންގަނޑެއް ނަމަ ހަފުތާއަކު 3 ދުވަހަށްވުރެން އިތުރަށް  އިސްތަށިގަނޑު ނުދޮންނަނަމަވެސް އިސްތަށި ފޭބުން ވަރަށް ގާތެވެ. އެހެންކަމުން އިސްތަށިފައިބާ ނަމަ ބޭނުންކުރާ ޝޭމްޕޫ އިސްތަށިގަނޑާ ގުޅޭތޯ ބަލައިލާށެވެ.

ބެލެންސް ޑައިޓެއް ގެންގުޅެވޭތޯ ބަލާށެވެ.

އިންސާނާގެ ހަށިގަނޑަށާއި އަދި ސިކުނޑީގެ ހެދިބޮޑުވުމަށް އަދި ދުޅަހެޔޮ ޞިއްޙަތަކަށް ފައިދާހުރި ކާނާ ބޭނުންވާ ބީދައިން އިސްތަށިގަނޑަށްވެސް ފުރިހަމައަށް ކާނާ ބޭނުންވެއެވެ. އެގޮތުން ކެއުމުގައި ޕްރޮޓީން އަދި އަޔަން ހިމެނޭ ތަކެތި ބޭނުންކުރާނަމަ އިސްތަށި ފޭބުމަށް ޙައްލެއް ލިބިދާނެއެވެ. މީގެ އިތުރުން ކަސްރަތުކޮށް އަދި މެޑިޓޭޓް ކުރުމަކީވެސް އިސްތަށިފޭބުމަށް އޮތް ހައްލެކެވެ. އިސްތަށިފޭބުމަށް ޙައްލެއް ނުލިބޭނަމަ ކެއުމަށް ބޭނުންކުރާ ކާނާއަށް ބަދަލެއް ގެނައުން މުހިންމެވެ.

ޢާއިލާގައި އިސްތަށި ފައިބާ މީހަކު ހުރިތޯ ބަލާށެވެ.

ހާވާރޑް މެޑިކަލް ކޮލެޖުން ހަދާފައިވާ ރިސާރޗަކުން ދައްކާގޮތުގައި ޢާއިލާގައި ބޮލުން އިސްތަށިފައިބާ މީހުން އުޅޭނަމަ ޢާއިލާގެ އެހެން މީހުންގެ ބޮލުންވެސް އިސްތަށި ފޭބުން ވަރަށް ގާތެވެ. އެއްބައި މީހުން ޒުވާން އުމުރުގައި އިސްތަށިތައް ރީތިކޮށް ހުއްޓަސް އުމުރުން ދުވަސްވީ ވަރަކަށް އިސްތަށި ފޭބުން އަވަސްވެއެވެ. އަދި ބައެއް މީހުން ޒުވާން އުމުރުގައިވެސް ބޯ އެއްކޮށް ތަލަވެއެވެ. މިފަދަ މީހުންނަށް ދާއިމީ ޙައްލެއް މިކަމަށް ގިނަފަހަރު ނުލިބެއެވެ.

ބޭނުންކުރެވޭ ހެއަރ ސްޓައިލް ޕްރޮޑަކްޓްސްތައް ޗެކު ކޮށްލާށެވެ.

އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށް  ބޭނުންކުރާ ގިނަ ޕްރޮޑަކްޓްސްއަކީ ތަފާތު ކެމިކަލް ހިމެނޭ ތަކެއްޗެވެ. އޭގައި ސޯޑިއަމް ލޮރީލް ސަލްފޭޓް ހިމެނޭ ތަކެއްޗެވެ. މިއީ ވަރަށް ބާރުގަދަ ކެމިކަލަކަށް ވުމުން އޭގެ  ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދެރަކޮށްލައެވެ. އަދި އިސްތަށި ފޭބުމާއި މީގެ އިތުރުން އިސްތަށިގަނޑު ދިގުވުމަށް ހުރަސް އަޅައެވެ. އެހެންކަމުން އިސްތަށިގަނޑު ރީތިކޮށް ބާއްވަންވެސް އިސްތަށިގަނޑަށް ގެއްލުންނުވާފަދަ ތަކެތި ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް