އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހިޔާނާތާއި ގުޅުން ހުރި މައްސަލައެއްގައި ނިހާން ފުރުން ވަނީ މަނާކޮށްފައި ކަމަށެވެ. އެކަމަކު މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިހާން ހުޅުމާލެއިން ފްލެޓެއް ބައްލަވައިގަތުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ވާހަކަ ދެކެވުނެވެ. އެކަމަކު ނިހާން ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފައި އެވެ.
އެމްއެމްޕީއާރުސީެ ހިޔާނާތާއި ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ކުރީގެރައިސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.
މީގެ ތެރެއިން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް ހާސް ޑޮލަރުން ޖޫރިމަނާ ކޮށްފައިވާއިރު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެވެ. އަދި ޒިޔަތަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް