މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ ފުރަތަމަ ޖަލްސާ ބާއްވައިފި އެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޔޫނިއަންގެ އެގްޒެކެޓިވް ކޮމިޓީ ރަސްމީގޮތުން ފާސްވިކަމުގެ ލިޔުން ލިބުމާ ގުޅިގެން މި ޖަލްސާ ބާއްވާފައިވަނީ ޒޫމް މެދުވެރިކޮށެވެ.
މި ޖަލްސާގެ ރިޔާސަތު ބަލަހައްޓައިދެއްވީ، އެމް.ޔޫ.އެމް ގެ ރައީސްކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އަލްއުސްތާޒް އިބްރާހިމް ވަހީދުއެވެ.
ޖަލްސާ ފެށުމުގެ ގޮތުން ޔޫނިއަންގެ ރައީސް ވަނީ އެގްޒެކެޓިވް ކޮމިޓީގެ ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވާ، އެމް.ޔޫ.އެމް ހިންގުމުގައި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ގެންގުޅޭ ބެސްޓް ޕްރޮކްޓިސްތައް ޔޫނިއަން ހިންގުމުގައިވެސް ގެންގުޅެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފައެވެ.
ޔޫނިއަން އިން މިއަދާއި ހަމައަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލުތައް އެގްޒެކެޓީވް ކޮމިޓީގެ ހުރިހާ މެމްބަރުންނަށް ވަނީ އަރުވާފައެވެ. އަދި ޔޫނިއަންގެ ރައީސް ވަނީ މުއައްސިސުން ގެ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، މުއައްސިސުން ދެއްވަމުންދާ އެއްބާރުލުމަށާއި، ކޮށްދެވާފައި ހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.
ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް ހަމްޒާ ޙަލީލް ވަނީ ކުރިއަށް އޮތް ތާންގައި ޔޫނިއަންއިން ކުރަންހުރި މަސައްކަތްތަކަށް އަލި އަޅުވާލައި، ޔޫނިއަން ހިންގުމުގައި ގެންގުޅޭނެ އިންތިޒާމުތައް ރޭވުމަށް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންނާއި އަދި މުއައްސިސުން އާއި މަޝްވަރާ ކޮށްފައެވެ.
މީގެ އިތުރުން، ޔޫނިއަންގް ރައީސް ވަނީ އެގްޒެކެޓީވް ކޮމިޓީގެ މެމްބަރުންގެ މަސްއޫލިއަޔުތަކާއި ބެހޭގޮތުން ހުށަހެޅުމެއް ދީ، ކުރިއަށް އޮތް އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖައްސަވާދެއްވާފައެވެ.
މި ޖަލްސާގައި އެމް.ޔޫ.އެމް. ގެ މުއައްސިސުން 3 މެމްބަރުން ކަމުގައި ވާ އަހްމަދު ޝިހާމް، ނިޝްފާ ނާޝިދް، އަދި މަހްރާން މާޖިދުވެސް ބައިވެރިވެވަޑައިގެން ވަނީ އަލަށް އިންތިޚާބުވި ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ.
- އިބްރާހިމް ވަހީދު ރައީސް
- މަހްރާން މުހައްމަދު މާޖިދު ނައިބު ރައީސް
- ހަމްޒާ ޙަލީލް ސެކްރެޓަރީ ޖެނެރަލް
- މިފްރާޙް މުހައިމިން އިވެންޓް ކޯޑިނޭޓަރ
- އަހްމަދު އައިމަން ލަތީފް ހަޒާންދާރު
- އާމިނަތު ޝުއާ ޝުޖާއު އަބްދުލްޙަންނާން ސްޕޯކްސްޕާރސަން
- އަފާނީން ނާފިލް އެސޯސިއޭޓް އޮފިސަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް