ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ދައުވާ ކުރަން ފޮނުވީ ޕީޖީ އޮފީހާއި މަޝްވަރާ ކުރުމަށް ފަހު ފުރިހަމަ ކުރަން އެދުނު ކަންކަން ފުރިހަމަ ކުރުމަށް ފަހުކަމަށެވެ. މި މައްސަލައިގަ ދައުވާ ކުރަން ފޮނުވި މީހުންގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ޕީޖީ އޮފީހުން ވަނީ އެ މައްސަލައިގަ ދައުވާކޮށްދިނުމަށް އެދި ފުލުހުން ހުށަހަޅާފައިވާކަން މީޑިއާގައި ކަށަވަރު ކޮށްދީފައި އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރީ ސަރުކާރުގެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ދެ މީހަކު ކަމަށްވެ އެވެ. މި މައްސަލަ އޭރު އޮއްބާލަން މަސައްކަތް ކުރި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައިގަ އަނިޔާލިބުނު އަންމެން މީހާ ވަނީ އަނބުރާ ގައުމަށް ގޮސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް