ޑރ ޓެޑްރޯޒްއާ ދެކޮޅަށް ގަތުލުއާންމުގެ ޝަކުވާ ހުށަހަޅައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ ގެ އިސްވެރިޔާގެ މަގާމުގައި މިވަގުތު ހުންނެވި ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް އާ ދެކޮޅަށް، ގަތުލުއާންމުގެ ދައުވާ ހިންގުމަށް، ނޮބޭލް ސުލްހައިގެ އިނާމަށް ނޮމިނ...

15 Dec 2020 | 10:23

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ ގެ އިސްވެރިޔާގެ މަގާމުގައި މިވަގުތު ހުންނެވި ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް އާ ދެކޮޅަށް، ގަތުލުއާންމުގެ ދައުވާ ހިންގުމަށް، ނޮބޭލް ސުލްހައިގެ އިނާމަށް ނޮމިނޭޓްވެފައިވާ އެމެރިކާގެ އިގުތިސޯދީ މާހިރު ޑޭވިޑް ސްޓީންމަން ގޮވާލައްވައިފި އެވެ.

ސްޓީންމަން ވަނީ، ދަ ހޭގްގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު އައިސީސީ އަށް މި ޝަކުވާ ހުށަހަޅުއްވާފަ އެވެ.

އައިސީސީއަށް ހުށަހެޅުއްވި ޝަކުވާގެ ބަޔާނުގައި ސްޓީންމަން ވިދާޅުވީ، ޑރ ޓެޑްރޯޒްއަކީ، އިތިއޮޕިއާގެ ރައްޔިތުން މެރުމަށާއި ގާނޫނީ އިމުން ބޭރުން ހައްޔަރު ކުރުމަށް އަދި ލާއިންސާނީ އަނިޔާ ދިނުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި ހަރަކާތުގެ ބައިވެރިއެއް ކަމަށެވެ.

ޑރ ޓެޑްރޯޒްއަކީ، 2013 ވަނަ އަހަރުން 2015 ވަނަ އަހަރުގެ ނިޔަލަށް، އިތިއޮޕިއާގެ ސަލާމަތީ ބާރުތަކުގެ ޚިދުމަތްތައް ކޮންޓްރޯލް ކުރެއްވުމުގައި އިސްކޮށް ތިއްބެވި 3 އޮފިޝަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް އޮފިޝަލެވެ.

ޑރ ޓެޑްރޯޒް، ޑަބްލިއުއެޗްއޯގެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ 3 އަހަރު ކުރިން ނެވެ.

ޑރ ޓެޑްރޯޒްއަކީ ސިއްހީ ދާއިރާގެ ސަނަދެއް ނެތި، އެ އިދާރާގެ އިސްވެރިޔާގެ މަގާމަށް އައްޔަން ކުރި ފުރަތަމަ އޮފިޝަލުވެސް މެއެވެ.

ނަމަވެސް، ޑރ ޓެޑްރޯޒް ވަނީ 2005 އިން 2012 ގެ ނިޔަލަށް އިތިއޮޕިއާގެ ސިއްހަތާ ބެހޭ ވަޒީރުކަން ކުރައްވާފަ އެވެ. އަދި 2016 ވަނަ އަހަރުގެ ނިޔަލަށް ހާރިޖީ ވަޒީރުކަންވެސް ކުރެއްވި އެވެ. އޭރު ވެރިކަން ހިންގި ކޯލިޝަންގެ މައިގަނޑު ކޮންޓްރޯލް އޮތީ، ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް