ތިން ސިޔާސީ ޕާޓީއަކަށް 11 މިލިއަން ރުފިޔާ ދޫކޮށްފި

ތިން ސިޔާސީ ޕާޓީއަކަށް 11 މިލިއަން ރުފިޔާ ދޫކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަޙްމަދު ޝަރީފާއި ހަވާލާދީ، ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގައ...

15 Dec 2020 | 09:06

ތިން ސިޔާސީ ޕާޓީއަކަށް 11 މިލިއަން ރުފިޔާ ދޫކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަޙްމަދު ޝަރީފާއި ހަވާލާދީ، ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގައި ބުނެފައިވަނީ ދަފުތަރުގައި މެންބަރުންގެ ޢަދަދު އެންމެ ގިނަ 3 ޕާޓީކަމަށްވާ ވެރިކަންކުރާ މައި ޕާޓީ (އެމްޑީޕީ) އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އެމްޑީޕީއަށް 5.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ޕީޕީއެމްއަށް ދޫކޮށްފައި ވަނީ 3.9 މިލިއަން ރުފިޔާ އަދި ޖޭޕީއަށް 1.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

މި ތިން ޕާޓީއަށް މި ފައިސާ ދޫކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން އީސީއިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުން ދާއިރު މިއަހަރު ކުރީކޮޅުވެސް ޕާޓީތަކަށް ވަނީ ފައިސާ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް