ސިވިލް ކޯޓުގެ ރަޖިސްޓްރަރ ގެ މަގާމަށް ށ. މާއުނގޫދޫ، ރޯޒްލީން، އަބްދުއްސަލާމް އަލީ އައްޔަން ކުރައްވައިފި އެވެ.
އޭނާ އައްޔަން ކުރެއްވީ މިއަދު އެވެ.
އޭނާ މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގައި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާ އެވެ.
ސިވިލް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ހުސްވީ، އެ މަގާމުގައި މީގެ ކުރިން ހުންނެވި ބޭފުޅާ އެ ކޯޓުގެ ގާޒީ ކަމާ ހަވާލުވެވަޑައިގަތުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް