ޓްރާންސްޕޯޓުގެ ޕީއެސް ފަޔާޒު މަގާމުން އިސްތިއުފާ ދެއްވައިފި

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އޭނާގެ އިސްތިއުފާދެއްވައި ސިވިލް ސާވިސް ކޮމިޝަނަށް ސިޓީ ފޮނުއްވީ އިއްޔެ އެވެ. އިސްތިއުފާދެއްވައި ފޮނ...

15 Dec 2020 | 06:29

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާގެ އިސްތިއުފާދެއްވައި ސިވިލް ސާވިސް ކޮމިޝަނަށް ސިޓީ ފޮނުއްވީ އިއްޔެ އެވެ.

އިސްތިއުފާދެއްވައި ފޮނުވި ސިޓީގައި ފަޔާޒު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިތްހަމަޖެހިވަޑައިނުގެން ފިއްތުންތައް ކުރިމަތިކުރައްވާތީ، ގާނޫނުން މަތިކޮށްފައިވާ ޒިންމާއަދާކުރާނެ މާހައުލެއް އެ މިނިސްޓްރީގައި ނެތް ކަމަށެވެ. ފަޔާޒު ވިދާޅުވީ އޭނާއާ ދޭތެރޭގައި އަމަލުތައް ބަހައްޓާ ގޮތުން ނަފުސާނީ ގޮތުން ވެސް މަސައްކަތް ކުރެވޭނެހާ ފަހި މާހައުލެއް އެ މިނިސްޓްރީގައި އޮތް ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ފަޔާޒު ވިދާޅުވި ގޮތުގައި މަޖުބޫރުވެވަޑައިގެން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ޓްރާންސްޕޯޓު މިނިސްޓްރީގައި މަސައްކަތް ކުރައްވާފައި ވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނަޒާހަތްތެރިކަމާ އެކުގަ އެވެ. ސިޓީގައި ފަޔާޒު ވިދާޅުވެފައިވާ ގޮތުގައި މިނިސްޓާރާއި އޭނާ އާއި މެދު ހިޔާލު ތަފާތުވުން އުފެދުނީ ބައެއް ކަންކަން އޮންނަ އުސޫލުން ބޭރުން ކުރިއަށް ގެންދަން އޭނާ ތާއީދު ނުކުރައްވަން ފެއްޓެވެމުން ކަމަށާއި އޭގެ ތެރޭގައި އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމި ނިންމުން ހިމެނޭ ކަމަށެވެ.

ފަޔާޒު އިސްތިއުފާދެއްވި އިރު މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ޒިންމާ ފުރިހަމަ އަށް އަދާނުކުރުމުގެ މައްސަލަތަކެއް އޭނާ އާއި ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި ތަހުގީގު ނިމެންދެން ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ކޮމިޝަނުން ނިންމީ އެ މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް