ފީވަކު ބަނދަރުގެ 65 ޕަސެންޓު މަސައްކަތް ނިންމައިފި

ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 65 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ އެއް...

15 Dec 2020 | 05:57

ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 65 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ އެއްގަމު ތޮށީގެ ކޮންކްރިޓް މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ފީވަކު ބަނދަރުގެ 55,163 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފުންކުރާނެ އެވެ. އަދި 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ. އެމްޓީސީސީން ބުނީ މަޝްރޫއު އެއްކޮށް ނިމޭއިރު 2،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 67.6 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއު މޮބިލައިޒް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް