އާންމުކޮށް ހައި ހީލްސް ނުވަތަ ފުންނާބު އުސް ފައިވާނަށް އަރާ އުޅޭ އަންހެން ކުދިން ގިނައެވެ. ރާއްޖޭގައި މި ބައިގަނޑު މަދެކޭ ނުދެއްނެވޭނެއެވެ. ހަގީގަތައް ބަލާއިރު، ހައި ހީލްސް ނުވަތަ ފުންނާބު އުސްފައިވާނަކީ ޒަމާނީ ފެޝަނުގެ ތެރެއިން ތައާރަފްވެފައިވާ އެއްޗެކެވެ. އެފަދަ ފާއިވާނަށް އާންމުކޮށް އަރާ އުޅެނީ ސްޓައިލިޝް އަންހެން ކުދިންނެވެ. އެހެން ގޮތަކަށް ބުނާނަމަ ދެއްކުން ތެރިކަމެއްގެ ގޮތުގައެވެ.
ހަގީގަތުގައިވެސް ހައި ހީލްސް އަކީ އަންހެން މީހާގެ ބުރުސޫރައިގެ ރީތިކަން ހާމަކޮށްދޭ އުފެއްދުމެކެވެ. ހަފުލާއަކަށް ދާއިރު އަންހެނެއްގެ ރީތިކަން އެންމެ ފުރިހަމައަށް ހާމަކުރުމަށް ނުވަތަ ދެއްކުމަށް އެދޭ މީހާގެ ފަސްޓް ޗޮއިސް އަކަށް އަބަދުވެސް ހައި ހީލްސްއެއް ވެފައި މި އޮންނަނީ ސަބަބެއް ނެތިއެއް ނޫނެވެ.
ހައިހީލްސްއަކީ އިސްކޮޅުން ދިގުކަމަށް ދައްކުވައިދޭ ފެޝަނެކެވެ. ވަކިން ހާއްސަކޮށް ފައި ދިގު ކަމަށް ދައްކާނެ އެވެ. އަންހެނުންގެ ފައި ދިގު ވުމަކީ ރީތިކަމުގެ އާދަޔާހިލާފު ސިފަތަކުގެ ތެރެއިން ސިފައެއް ކަމަށް ބުނެ އެވެ.
މީގެ އިތުރުން ހައި ހީލްސްގައި ހުންނަ އަންހެން މީހާ ހިނގާ ގޮތާއި ފިޔަވަޅު އަޅާ ގޮތް ވެސް އޭނާގެ ރީތިކަން ނުވަތަ ފަރިކަން ހާމަކުރުމުގައި މުހިންމު ރޯލެއް އަދާކުރެއެވެ. ހަތަރު ފަސް އިންޗިއެއްހާ އުސް ފައިވާނަށް އަރައިގެން އަންނަ އަންހެނަކު ހަމަ ހުރެފައި ސީދަލަކަށް ހިނގާފައެއް ނާންނާނެ އެވެ.
އެމީހަކު އަންނާނީ ބަނޑިބަނޑި ލައްވަމުން ފަރި ދައްކަމުންނެވެ.
ދިރާސާތަކުން ބުނާ ގޮތުގައި އަންހެނުން އަދި ޒުވާން ގިނަ އަންހެން ކުދިން ނަލަހެދިގެން ޕާޓީއަކަށް ނުވަތަ ގިނަ ބަޔަކު އެއްވެފައިވާ ހަފުލާއަކަށްދާއިރު ހައި ހީލްސް އިހްތިޔާރުކުރާ އެންމެ ބޮޑު ސަބަބަކީ ހައި ހީލްސް އަކަށް އަރައި ހުންނަ އަންހެން މީހާގެ ބުޑު އާންމުކޮށް އިންނަ ހިސާބަށް ވުރެ 20 ޕަސެންޓް ނުވަތަ 30 ޕަސެންޓަށް ހިއްލާލަދޭތީ އެވެ. މިއީ ދެކޮޅުހެދެން ނެތް ހަގީގަތެކެވެ.
މި ދިރާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުން އަންހެނުންނަށް ނުވަތަ ޒުވާން އަންހެން ކުދިންނަށް ހައި ހީލްސް މުހިންމު ވަނީ އެމީހުންގެ ރީތިކަން ފިރިހެނުންގެ ހިތްދަމައިގަންނަ އުސްމިނަކަށް އުފުއްލާލަދޭތީ އެވެ. ގޮތް ދެއްކުމަށެވެ.
ހައި ހީލްސްގެ ސިއްރު މިހެން އޮތް ނަމަވެސް ފާހަގަކޮށްލަން ޖެހެނީ ގިނަ ބަޔަކަށް ނޭއްގި އޮތް ނަމަވެސް ހައިހީލްސް ނުވަތަ ފުންނާބު އުސް ފައިވާނަށް އަރާ އުޅުމަކީ ނުރައްކާތެރި ކަމެއްކަމެވެ. ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ފުންނާބު އުސް ފައިވާނަށް އަރާ އަންހެނުންގެ ތެރެއިން 60 އިން ސައްތަ އަންހެނުން ނަށް ސިއްޚީ އެ މައްސަލަތައް ކުރިމަތިވެއެވެ. އޭގެތެރޭގައި ފައިގެ ކުޑަ ހުޅައް މައްސަލަތައް ދިމާވެ ، ފައިގެ ނާރުތައް ކުރުވުމުގެ އިތުރުން މީހާގެ މައިބަދައަށް ވެސް މިކަމުގެ އަސަރުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް