ފަޅޯ: ސިއްޚީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެއް

ފަޅޮލަކީ ރާއްޖޭގައި ވަރަށް އާންމު މޭވާއެކެވެ. ފަޅޮލަކީ ރާއްޖޭގައި ވަރަށް ގިނައިން ހެދޭ އަދި މާކެޓްގައި އަބަދުވެސް ލިބެން ހުންނަ މޭވާއެކެވެ. އެނގޭ ހެއްޔެވެ.؟ ފަޅޮލަކީ އަހަރެމެން ހީވެސް ނުކުރާހާ ގިނަ ފަ...

15 Dec 2020 | 04:23

ފަޅޮލަކީ ރާއްޖޭގައި ވަރަށް އާންމު މޭވާއެކެވެ. ފަޅޮލަކީ ރާއްޖޭގައި ވަރަށް ގިނައިން ހެދޭ އަދި މާކެޓްގައި އަބަދުވެސް ލިބެން ހުންނަ މޭވާއެކެވެ. އެނގޭ ހެއްޔެވެ.؟ ފަޅޮލަކީ އަހަރެމެން ހީވެސް ނުކުރާހާ ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިބޭ މޭވާއެކެވެ. ހަށިގަނޑަށް ފައިދާހުރި އެތައް ގިނަގުނަ މާއްދާތަކެއް ފަޅޮލުގައި އެކުލެވެއެވެ. ފަޅޮލުން ލިބޭ ސިއްޚީ ބައެއް ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

ފަޅޯ ކެއުމުން ކޮލެސްޓްރޯލް ދަށްކޮށްދޭ

ކޮލެސްޓްރޯލް މަތިވުމަކީ އާންމުކޮށް ދިވެހިންނަށް ދިމާވާ މައްސަލައަކަށްވާއިރު މިކަމަށް ފަރުވާއަކަށް ފަޅޯ ހަދާށެވެ. ފަޅޮލަކީ ތިމާގެ ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ މޭވާއެކެވެ. ކޮލެސްޓްރޯލް ގިނަވުމަކީ ލޭ ހޮޅިތަށް ބެދެން ދިމާވާ ކަމެކެވެ. ލޭ ހޮޅިތައް ބެދިއްޖެނަމަ ހާޓް ހޭޓް ޖެހުން ވަނީ ވަރަށް ކައިރީގައެވެ.

ފަޅޯ ކެއުމުން ބަރުދަން ލުއިކުރުމަށް އެހީވެދޭ

ބަރުދަން ލުއިކުރުމަށް ގިނަ ބަޔަކު އެތައް މަސައްކަތެއް ކުރާއިރު ބައެއް މީހުން ނުކައި ނުބޮއި ވެސް ތިބެވެ. ނަމަވެސް ހަށިގަނޑަށް ގެއްލުންނުވާނެ ފަދައިން ބަރުދަން ލުއިކުރުމަށް ބޭނުންނަމަ ފަޅޯ ކާށެވެ. ފަޅޯލަކީ ތިމާގެ ބަނޑު އަވަހަށް ފުރާލާ މޭވާއެކެވެ. އަދި ފަޅޯ ކެއުމުން ގިނަ ކެއުމަށް ބޭނުމެއް ނުވާނެއެވެ. ގިނައިން ކާހިތެއް ވެސް ނުވާނެއެވެ.

ފަޅޮލަކީ ހަކަުރުބަލީގެ މީހުންނަށް ރަނގަޅު މޭވާއެއް

ފަޅޮލަކީ ފޮނި މޭވާއެއް ނަމަވެސް މިއީ ހަކުރުބަލީގެ މީހުން ކާން ރަނގަޅު މޭވާއެކެވެ. ފަޅޮލުގައި އެކުލެވޭ ހަކުރު އިންސައްތަ ވަރަށް މަދެވެ. ފަޅޮލުގައި އެކުލެވޭ ވިޓަމިންގެ ސަބަބުން ހަކުރުބަލީގެ ސަބަބުން ހިތަށް ޖެހޭ ބަލިތަކުން ތިމާ ދުރުކޮށްދެއެވެ.

ފަޅޮލަކީ ލޮލަށް ވެސް ރަނގަޅު ފަރުވާއެއް

ފަޅޮލުގައި ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވެއެވެ. މީގެ ސަބަބުން ލޮލުގެ ފެނުމަށާއި ލޮލަށް ފައިދާކުރެއެވެ.

ފަޅޮލަކީ ހަޖަމް ކުރުމަށް ވެސް ލުޔެއް

ފަޅޮލަކީ ހަޖަމްކުރުމަށް ވެސް އެހީވެދޭ މޭވާއެކެވެ. ފަޅޮލުގައި ޑައިޖެސްޓިވް އެންޒައިމެއް ކަމަށްވާ ޕަޕައިން އެކުލެވެއެވެ. އަދި ފަޅޮލުގައި ފައިބާ ވެސް އެކުލެވޭތީ، ހަޖަމްކުރުމަށް އެހީތެރިވެދެއެވެ.

ފަޅޮޅުން ކެންސަރު ބަލިން ދުރުކޮށްދޭ

ފަޅޮލުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ވެސް އެކުލެވެއެވެ. މީގެ ސަބަބުން ސެލްތައް ރެޑިކަލް ޑެމޭޖްތަކުން ދުރުކޮށްދެއެވެ.

ފަޅޮލުން ސްޓްރެސް ފިލުވައިދޭ

އޮފީހުގައި ބުރަކޮށް އުޅުމަށްފަހު ގެއަށް އައިސް ކާލަން އެންމެ ރަނގަޅު އެއްޗަކީ ފަޅޮލެވެ. ވިޓަމިން ސީ ފަދަ ވިޓަމިންތަކުގެ ސަބަބުން ތިމާގެ ސްޓްރެސް ފިލުވައިދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް