ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ގުރައަތުނަގައިފި

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ގުރައަތުނަގައިފިއެވެ. ގަދަ 16 ގެ ގުރުއަތު ލުން އިއްޔެ ނަގާފައިވާއިރު، އެންމެ ފާހަގަކޮށްލެވެނީ ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބައްދ...

15 Dec 2020 | 03:46

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ގުރައަތުނަގައިފިއެވެ.

ގަދަ 16 ގެ ގުރުއަތު ލުން އިއްޔެ ނަގާފައިވާއިރު، އެންމެ ފާހަގަކޮށްލެވެނީ ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރާ މެޗެވެ.

ގަދަ 16 ގެ އިތުރު މެޗުތަކަށް ބަލާލާއިރު، އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ނުކުންނާނީ އިޓަލީގެ ލާޒިއޯއާއި ދެކޮޅަށެވެ. އަދި އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ ބައްދަލުކުރާއިރު، ލިވަޕޫލް ކުޅޭނީ ލެއިޕްޒިގާއި ދެކޮޅަށެވެ. މީގެއިތުރުން ޕޯޓޯ އަދި ޔުވެންޓަސް ވާދަކުރާއިރު، ސެވިއްޔާ ނުކުންނާނީ ޑޯޓުމުންޑާއި ދެކޮޅަށެވެ. އަދި މިމުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ރެއަލްމެޑްރިޑު ބައްދަލުކުރަން ޖެހޭނީ އެޓަލާންޓާއެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ ފެބްރުއަރީ މަހު 16 ގައެވެ. މި ސީޒަނުގެ ފައިނަލް ކުޅެން ހަމަޖެހިފައިވަނީ ތުރުކީގެ އިސްތަންބޫލްގައެވެ.

މުބާރާތުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ 16، 17، 23 އަދި 24 ވަނަ ދުވަހު އެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ މާޗު މަހުގެ 9، 10، 16 އަދި 17 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް