މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 50 އަށް އަރައިފި އެވެ.
އެއް ދުވަހާއި ޕޮސިޓިވްވި މީހުންގެ އަދަދު ކުއްލިއަކަށް 50 އަށް އަރާފައި މިވަނީ ދެ ހަފްތާއެއްހާ ދުވަހު ޕޮސިޓިވްވި މީހުންގެ އަދަދު 40 އިން ދަށުގައި ހުރުމަށް ފަހު އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 21 މީހުންނެވެ. އަތޮޅު ތެރެއިން 29 މީހުން ޕޮސިޓިވްވެފައިވެ އެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 31 ބިދޭސީންނެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،477 ސާމްޕަލެވެ.
މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 865 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން47 މީހުންނަށް ފަރުވާ ދެމުން ދާއިރު 249 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 11،289 މީހުން ރަނގަޅުވެފައިވެ އެވެ.
ކޯވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދަށް ބަލާއިރު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ ދުވަހު މި ބަލީގައި މީހުން މަރުވެފައިވަނީ އިއްޔެ އާއި މިއަދު އެވެ. އަދި މިދިޔަ އަށް ދުވަސް ތެރޭގައި މި ބަލީގައި ހަތަރު މީހަކު މަރުވެފައިވެ އެވެ.
މިހާތަނަށް ރާޢްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 12،204 މީހުންނެވެ. އަދި 43 މީހުން ވަނީ މި ބަލީގައި މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް