"އަމިގޯސް މާވަށު ފުޓްސަލް ޗެލެންޖް 2020" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް) އިން އިންތިޒާމް ކޮށްގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ "އަމިގޯސް މާވަށު ފުޓްސަލް ޗެލެންޖް 2020" ފުޓްސަލް މުބާރާ...

15 Nov 2020 | 14:19

އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް) އިން އިންތިޒާމް ކޮށްގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ "އަމިގޯސް މާވަށު ފުޓްސަލް ޗެލެންޖް 2020" ފުޓްސަލް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމަށް އަމިގޯސް އިން ނެރެ އާންމުކުރި އިއުލާންގައި ބުނެފައިވަނީ އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް) އިން އިންތިޒާމް ކޮށްގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ "އަމިގޯސް މާވަށު ފުޓްސަލް ޗެލެންޖް 2020" ފުޓްސަލް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އަދި މި މުބާރާތް ކުރިޔަށް ދާނީ ލާމް މާވަށުގައި " އަމިގޯސް މާވަށު ފުޓްސަލް ޗެލެންޖް 2020" ގެ ނަމުގައި ކަމަށާއި މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 16 ޓީމު ކަމަށެވެ.

އެހެން ކަމުން އަމިގޯސް މާވަށު ފުޓްސަލް ޗެލެންޖް 2020 ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަލާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައަޅަންވާނެ ކަމަށް ވެސް މި އިއުލާނުގައި ބުނެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދުު ނޮވެންމަބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ އިތުރު މައުލޫމާތުު ހޯއްދެވުމަށް 7999677 ނަމްބަރާއި ގުޅުމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ލާމު އަތޮޅުގައި މުބާރާތެއް ނުބޭއްވި ގިނަ ދުވަސްތަކެއް ވަންދެން މެދު ކެނޑިފަ އޮތުމަށްފަހު މިހާރު ދަނީ ފުލުފުލުގައި މުބާރާތްތަށް ބާއްވަމުންނެވެ. އެގޮތުން ރޭ ލ.ފޮނަދޫގައި ފުޓްސަލް މުބާރާތެއް ކުޅެ ނިންމާލިއިރު، ނިމިގެން ދިޔަ އޮކްޓޫބަރު މަހުގެ ފަހު ކޮޅުގައި ލ.ގަމުގައިވެސް ވަނީ ފުޓްސަލް މުބާރާތެއް ނިންމާލާފައެވެ. މީގެ އިތުރުން 16 އަހަރުން ދަށުގެ ކުދިންނަށް ވެސް ފުޓްސަލް މުބާރާތެއް އަންނަ ޑިސެމްބަރު މަސްތެރޭ ލ. ފޮނަދޫގައި ފެށުމައް މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް