ފިނިމޫސުމާ ދިމާކޮށް ސްރީލަންކަން އެއަރލައިންސް އިން މާލެ، ލަންޑަން ސީދާ ދަތުރުތައް ފަށަން ނިންމައިފި

ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް ސްރީލަންކަން އެއަރލައިންސް އިން މާލެ، ލަނޑަން ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ. އެ އެއަރލައިނުން ނިންމާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ލަންޑަން ހީތް...

15 Nov 2020 | 14:12

ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް ސްރީލަންކަން އެއަރލައިންސް އިން މާލެ، ލަނޑަން ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެ އެއަރލައިނުން ނިންމާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ލަންޑަން ހީތްރޯ އެއަރޕޯޓާ ދެމެދު ކުރާ ދަތުރުތައް ޑިސެމްބަރު 12 ގައި ފެށުމަށެވެ. އަދި އޭޕްރީލް މަހާ ހަމައަށް މި ދަތުރުތައް ކުރުމަށް ވަނީ ނިންމާފަ އެވެ.

ސްރީލަންކަން އެއަރލައިންސް އިން މާލެ-ލަންޑަން ހަފްތާ އަކު ދެ ފްލައިޓު ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

ސްރީލަންކަން އެއަރލައިންސް އިން މާލެ، ކޮލަމްބޯ ދަތުރުތައް މިހާރުވެސް ބާއްވާއިރު، ލަންޑަން، ފްރޭންކްފަރޓް އަދި މިލާން ފަދަ ސިޓީތަކަށް ކަނެކްޝަން ފްލައިޓުތައް ވެސް އަންނަނީ ބާއްވަމުން ނެވެ.

ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް ސްރީލަންކަން މި ދަތުރުތައް ފަށާއިރު، ބްރިޓިޝް އެއަރވޭސް އިންވެސް އަންނަނީ މާލެ އާއި ލަންޑަނާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް