ދަނގަޑޭއަށް ވޯޓް ހޯދުމަށް ޚާއްސަ ކެމްޕެއިނެއް ....؟!

ފުޅާދާއިރާއެއްގައި ރާއްޖޭގައި ކޮސްމެޓިކްސް ވިޔަފާރި ކުރަމުންއަންނަ، ގިނަ ބައެއްގެ ތެރޭގައި މަޤްބޫލު ކޮސްމެޓިކްސް ފިހާރަ "ކެމިސްޓްރީ ޕްލަސް" އިން ދަނގަޑޭއަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ. މ...

15 Nov 2020 | 13:30

ފުޅާދާއިރާއެއްގައި ރާއްޖޭގައި ކޮސްމެޓިކްސް ވިޔަފާރި ކުރަމުންއަންނަ، ގިނަ ބައެއްގެ ތެރޭގައި މަޤްބޫލު ކޮސްމެޓިކްސް ފިހާރަ "ކެމިސްޓްރީ ޕްލަސް" އިން ދަނގަޑޭއަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ މިހާރު އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ އޭއެފްސީއިން ކުރިޔަށް ގެންދާ އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ކުއާޓާ ފައިނަލްގައި ދަގަނޑޭ ވާދަ ކުރަމުން އަންނާތީ، ރާއްޖެއަށް މިފަދަ ރީތި ނަމެއް ލިބުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެއް ކަމުގައި ކެމިސްޓްރީގެ މެނޭޖްމެންޓަށް ވިސްނިގެން ކުރިޔަށްދާ "ކުރު" ޚާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުންފެށިގެން މާދަމާގެ މެންދުރު 12:00 އާއި ހަމައަށް ވިޔަސް، މާދަމާރޭގެ ފިހާރަ ބަންދުކުރުމާ ހަމައަށް ފިހާރައިން ވިޔަފާރިކުރައްވާ ކޮންމެ ބޭފުޅަކަށް 10% ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ. މި ޕްރޮމޯޝަން މާދަމާ މެންދުރު 12:00 އާއި ހަމައަށް ކުރިޔަށްދަނީ، ދަނގަޑޭއަށް ވޯޓްލެވޭނެ އެންމެ ފަހު ގަޑިއަކީ އެއީ ކަމަށްވާތީއެވެ. ވީމާ ދިވެހި ރާއްޖޭގެ ރީތިނަމާ، ދިވެހީންގެ ފަޚުރާ، ދިވެހި ދަރިއަކަށް މި އުފާ ހޯދައި ދިނުމަކީ، ދިވެހި ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެކަމެއްކަމުގައި ކެމިސްޓްރީ މެނޭޖްމެންޓުން ދެކިލައްވައެވެ. މިފަހަރު ދަގަނޑޭ ނުކުންނަނީ 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ ގުއެން ވެންކުއާ އާ ދެކޮޅަށެވެ. ދަގަނޑޭ މި ހިސާބަށް އައީ ވެސް ރާއްޖެ އާއި ބަލައި ބޮޑެތި އާބާދީތައް ހިމެނޭ ގައުމުތަކަށް ނިސްބަތްވާ ޓީމުތަކުގެ ކުޅުންތެރިން ބަލިކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ. ދަނގަޑޭވަނީ ކުވައިތުގެ ކުވައިތު އެފްސީގެ ރޮޖަރީނިއޯ އަދި ބަންގްލަދޭޝްގެ އަބްހާނީ ޑާކާގެ ސޮހެލް ރަނާ ވެސް ބަލިކޮށްފައެވެ. އެހެންކަމުން ދިވެހި ފަސްގަނޑަށް މިފަދަ ޝަރަފެއް ހޯދުމަށް ދިވެހި ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެކަމީ ޔަޤީން ކަމެކެވެ.                          މިި ޗެލެންޖްގައި ވާދަކުރުމަށް ހޮވާފައިވަނީ 2013 ވަނަ އަހަރު އިންޑޮނޭޝިއާގެ ޕެރިސިބޯއާ ދެކޮޅަށް ނިއު ރޭޑިއަންޓް އާއެކު އޭނާ ޖެހި ފަސް ލަނޑުގެ ތެރެއިން މުޅި ޑިފެންސް ފޫ އަޅުވާލުމަށްފަހު ކީޕަރު ވެސް ކަޓުވާލައި އޭނާ ޖެހި ލަނޑެވެ. އިދިކޮޅުން ވާދަކުރާ ކުޅުންތެރިޔާގެ ލަނޑަކީ އެކްރޮބެޓިކްކޮށް އޭނާ ޖަހައިދިން ބައިސިކަލް ކިކެކެވެ. މީގެކުރިން ދަގަނޑޭގެ މި ލަނޑު ވަނީ އޭއެފްސީ ކަޕްގައި ޖެހި އެންމެ މޮޅު ސޯލޯ ލަނޑުގެ ގޮތުގައި ހޮވިފައެވެ. އަހަރަމެން ދިވެހީންގެ އުއްމީދަކީ، އަދި ބޭނުމަކީވެސް ދަނގަޑޭއަށް ސެމީ ކަށަވަރު ކުރުމެވެ. އެންމެން އެއްވާނެއްގައި މަސައްކަތްކޮށްފިނަމަ މިއީ ކުރެވޭނެ

https://tools.pinpoll.com/embed/108611

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް