ކޮވިޑުން ރައްކާތެރިވުމަށް ސައުދީ އަރަބިއާ އިން ވެކްސިނެއް އުފައްދުމުގެ މަސައްކަތް ފަށައިފި

ކޮވިޑުން ރައްކާތެރިވުމަށް ސައުދީ އަރަބިއާ އިން ވެކްސިނެއް އުފައްދުމުގެ މަސައްކަތް ފަށައިފި އެވެ. އެގައުމުން މި ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށިނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއ...

15 Nov 2020 | 12:22

ކޮވިޑުން ރައްކާތެރިވުމަށް ސައުދީ އަރަބިއާ އިން ވެކްސިނެއް އުފައްދުމުގެ މަސައްކަތް ފަށައިފި އެވެ.

އެގައުމުން މި ވެކްސިން އުފެއްދުމުގެ މަސައްކަތް ފެށިނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެ ގައުމުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ބައިނަލްއަގުވާމީ ފާމަސޫޓިކަލް ކުންފުނިތަކާއެކު ސައުދީ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ގައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއަރޒް، އާދިލް އަލް-ޖުބައިރު އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ވެކްސިން އުފެއްދުމުގެ އެންމެބޮޑު އެއް އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ އިންސާނީ ހަޟޯރާތަށް، ކޮވިޑް-19އާ ދެކޮޅަށް ދިފާއު ހޯދާ ދިނުން ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގާ އެ ގައުމުން ވަނީ ފާހަގަ ކުރެވޭ ވަރުގެ ކާމިޔާބީތަކެއް ހޯދާފަ އެވެ.

އެގޮތުން، އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު، ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ އިރު، ސައުދީއިން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ބައިނަލްއަގުވާމީ އިޖާބައަށްވެސް 500 މިލިއަން ޑޮލަރު ޚަރަދު ކޮށްފައެވެ.

ދުވަސްތަކެއް ވަންދެން މެދުކަނޑާލާފައި އޮތުމަށްފަހު ސައުދީ އިން މިހާރު ވަނީ ބިދޭސީ އުމްރާވެރިންނަށްވެސް ގައުމު ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް