ރާއްޖޭގެ ސްކޫލްއެއްގައި ހުޅުވި ފުރަތަމަ އަައުޓްޑޯ ލައިބްރަރީ އިމާދުއްދީން ސްކޫލްގައި މިއަދު ހުޅުވައިފި އެވެ.
އެ ލައިބްރަރީ ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ އިމާދުއްދީން ސްކޫލަށް ގެނެސްފައިވަނީ ދަރިވަރުން ކިޔަވާ ހިތްވާ ކަހަލަ ބަދަލުތަކެއް ކަމަށެވެ.
"ފޮތަކީ ހިޔާލީ ދުނިޔެއަކަށް ދެވޭނެ ވަސީލަތެއް. އެކަމުގެ ސަބަބުން ދަރިވަރުންގެ ސިކުނޑި ހުޅުވި ދުނިޔެއަށް ލޯ ހުޅުވިގެންދާނެ." މިނިސްޓަރ ވިދާޅުވި އެވެ.
އެ ސްކޫލުގެ ފުރަތަމަ ފަންގިފިލާގެ ހުސް ޖާގައިގާ ހަދާފައިވާ މި ލައިބްރަރީ އެ ލައިބްރަރީ އަކީ އެއްފަހަރާ 32 ކުދިންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލައިބްރަރީ އެކެެވެ.
ފޮތްތައް ތަރުތީބުކޮށް ބެހެއްޓުމަށް ކަބަޑާއި ދަރިވަރުންނަށް އިށީންނަން ޖޯލި އަދި ލަކުޑިން ހަދާފައިވާ ބެންޗު އެ ލައިބްރަރީގައި ވަނީ ބަހައްޓާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް