ޓްރާންސްޕޯޓުގެ މިނިސްޓަރުގެ މަގާމަށް އޭނާ އައްޔަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމގެް އަނބިކަނބަލުންނަށް ވުމުން ކަމަށް ނުދެކޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، ވަކި މީހެއްގެ އަންބަކަަށް ވެގެން ކެބިނެޓުން ޖާގަ ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެގޮތަށް ނަހުލާ ވިދާޅުވީ، މިނިސްޓަރުކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަށް ވުމުންތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ގާސިމްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމުގެ ގޮތުން އެމްޑީޕީއާ ކޯލިޝަން ހަދައި ކެމްޕެއިން ކުރައްވައިފަ އެވެ. ވެރިކަމަށް ރައީސް ސޯލިހު ހޮޮވުމުން ގާސިމް ވަނީ މަޖިލިސް ރައީސްކަން ކުރައްވަން ޝައުގުވެރިވެފަ އެވެ. އެ ވާހަކަ ރައީސް ސޯލިހުގެ ގާތުގައި ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އަނބިކަނބަލުން ނަހުލާއަށް މިނިސްޓަރެއްގެ މަގާމު ދެއްވުމަށް ވެސް ގާސިމް ވަނީ އެދިފަ އެވެ.
ނަހުލާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ސޯލިހުއަށް ވަރަށް ބުރަކަށް ކެމްޕެއިން ކުރައްވަމުންނެވެ. ނަހުލާ ސިޔާސީ މައިދާނަށް ނުކުންނެވީ ގާސިމްގެ ދަރިފުޅު އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ހައްޔަރުކުރުމާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް