ވަރަށް ފަހުން ހެދި ރީސާޗަކުން ދައްކާ ގޮތުގައި ކުޑަކުދީންގެ 75 ޕަސަންޓް ދުވާލެއްގެ 7.5 ގަޑިއިރު ޓެކްނޮލޮޖީގެ އެކިއެކި ވަސީލަތްތައް ކުޅެ ބޭނުން ކުރުމުގައި ހޭދަކުރެއެވެ.
މިހާރަކަށް އައިސް ކުޑަކުދީންގެ ތެރެއިން ގިނައީ ތެކްނޮލޮޖީގެ އެކި އެކި ވަސީލަތްތަށް ބޭނުންކުރުމުގައި ގިނަވަގުތު ހޭދަކުރާ ކުދިންނެވެ. އެކުވެރިންނާއި އެއްކޮށް ބޭރަށް ކުޅެލަން ދިޔުމަށްވުރެ ގޭތެރޭ ސޯފާ މައްޗަށް ވެއްޓިގެން ތިބެ ފޯނުން ގޭމް ކުޅެލަން މާ ބޮޑަށް ހިތްހަމަޖެހެއެވެ. އަތުން ފައިން ކުރެވޭ މަސައްކަތަށްވުރެ އިނގިލީގެ ޒިއްމާ މާބޮޑެވެ.
ޓެކްނޮލޮޖީގެ ވަސީލަތްތަކަކީ އޭގެ ޒާތުގައި އެންމެންނަށްވެސް ފަސޭހައަކަށް ހަދާފައި ހުންނަ އެއްޗިއްސެވެ. ދުނިޔޭގެ އެއްކޮޅުގައި ތިބޭ މީހުން އަނެއްކޮޅުގައި އުޅޭ މީހުންނާއި މުޢާމަލާތްކުރަން ފަސޭހަ ކޮށްދީ، ހަބަރުތައް އެކިއެކި ކަންކޮޅުން ދެނެގަންނަން ފަސޭހަ ކުރުވަދީފައިވާ އެއްޗިއްސެވެ.
މީގެ ސަބަބުން ކުއްޖާގެ ސިކުނޑި އާ ކަންތައްތަކަށް ތަނަވަސްކޮށް އާ ކަންކަން ދަސްކުރަން މާ އުނދަގުލެއް ނުވެއެވެ. ނަމަވެސް ހެދި ބޮޑުވަމުން އަންނަ ކުއްޖާއަށް ދުނިޔޭގެ އެކިއެކި ކަންކޮޅުން ހިނގަމުން އަންނަ ހަބަރުތައް ޓްވިޓާ ނޫނީ ފޭސްބުކްފަދަ މީޑިޔާ ތަކުން ވަގުތުން އެނގި ދަސްވަމުން އަޔަސް. އަމަލީ ގޮތުންނާއި، ސައިކޮލޮޖީގޮތުން އަދި ކުއްޖާގެ އަޙުލާގަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.
ކުދީންގެ ވާހަކަ ދެއްކުމުގެ ހުނަރަށާއި، ނިދުމަށް ބުރޫ އަރާ ދީނާވެސް ދުރުވާކަން ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ޑަޔެބިޓީސް އާއި ފަލަވުން މިވަނީ ކުޑަކުދީންގެ ތެރޭގައި އާންމު ވެފައެވެ. އެކީގައި އުޅޭ ކޮއްކޮމެން އެހެންނޫނީ އެކުވެރިންނާއި މުއާމަލާތް ކުރުމުގެ ބަދަލުގައި ވާހަކަ ދައްކަން ނުޖެހޭނެ ކަމަށް އުއްމީދު ކޮށްގެން ނުތިބޭ ކުދިން މަދު ވާނެއެވެ. މިއީތޯ އަޅުގަނޑުމެންގެ ކުރިޔަށް އޮތް ޖީލުގެ އަހުލާގު ހުންނަން ޖެހޭ ގޮތަކީ؟
ބޮޑުވަމުން އަންނަ ކުއްޖާއަށް އެންމެ މުހިންމު ހަތަރު ކަމަކީ ކަންކަމުގައި ހަރަކާތްތެރިވެ، ކަންތަކާއި ދޭތެރޭ ކުރެވޭ އިހުސާސްތައް ދެނެގަނެ، މީހުންނާއި ގުޅުން ބަދަހި ކުރުން، އަދި ވީހާވެސް ތިމާވެއްޓާއި ގާތްވުމެވެ. އެހެންނަމަވެސް މިހާރަކަށް ކުއްޖާ ހަރަކާތްތެރިވުމުގެ ބަދަލުގައި ކަންނެތްވެފަ، ކުރެވޭ އިހުސާސްތަކަށް ކެތްކުރުމުގެ ބަދަލުގައި އަމިއްލަ މީހާއަށް އަނިޔާކޮށް، އުޅެން ބޭނުންވަނީ ވީހާވެސް އެކަހެރި ކޮށެވެ.
ކޮންމެހެނެއް ވިޔަސް ކުއްޖާ ތަރުބިއްޔަތު ކުރަން އެންމެ ރަނގަޅުގޮތް އެނގޭނީ އެކުއްޖާގެ މައިންބަފައިންނަށެވެ. މިދަންނަވަނީ ފަހުގެ ހުރިހާ ވަސީލަތްތަކާއި އެކުދިން އެއްކޮށް އެކަހެރި ކުރާށެކޭ ނޫނެވެ. ހުރިހާ ކަމެއްވެސް ހަމަހަމަ ކުރެވޭތޯވީ ބަލާށެވެ. ވާހަކަ ފޮތް ކިޔާގަޑި އައިޕެޑް ކުޅޭ ގަޑިއަށްވުރެ އިތުރުކޮށް ކާޓޫން ބަލަމުން ކެއުން ފަރިތަނުކޮށް ކާގަޑީގައި އެންމެން ހަމަކޮށް އެކަކު އަނެކަކާ މުއާމަލާތް ކުރެވޭތޯބަލަންވީއެވެ. މިކަންތައް ދެމެހެއްޓޭނީ މައިންބަފައިންނާއި މުދައްރިސުން ގުޅިގެން ފަހުގެ މުޖަތަމައު ހޭލުންތެރިކޮށް ތަނަވަސް ކުރެވުނު މިންވަރަކުންނެވެ.
ޓެކްނޮލޮޖީ އަކީ އަދިވެސް ދެވިހިފާލެއް ބޮޑުވެ ކުރިއަރަމުންދާނެ އެއްޗެކެވެ. އެކަމަކު ކުއްޖާ ވަސީލަތްތަކާއި ދޯޅު ކުރުމަށްވުރެ އާއިލާ އާއި ރަހުމަތްތެރިންނާއި ރަނގަޅު ގޮތުގައި ގާތް ކުރެވޭތޯ މަސައްކަތް ކުރަންވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް