ރާއްޖޭގެ އުތުރާއި ދެކުނަށް މޫސުން ގޯސްވެ ވައިޓް އެލާޓު ނެރެފި

އުތުރުގެ އަތޮޅުތަކާއި ދެކުުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. އަތޮޅުން ޅ. އަތޮޅަށް ...

15 Nov 2020 | 04:21

އުތުރުގެ އަތޮޅުތަކާއި ދެކުުގެ އަތޮޅުތަކަށް މިއަދު މޫސުން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. އަތޮޅުން ޅ. އަތޮޅަށް އަދި ތ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އެ ސަރަހައްދުގެ ރަށްތަކަށް އޮތީ މިއަދު ހެނދުނު 9:00 މެންދުރު ފަހު 3:00 އަށް ހުދު އެލާޓު ނެރެފައި އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ހުރިހައި ހިސާބަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ.

މޫސުން ގޯސްވެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދަނީ ބޯކޮށް ވާރޭވެހި ގުގުރަމުންނެވެ.

މެޓް އޮފީހުން ވަނީ މޫސުުމަށް ސަމާލުވެގެން ކަނޑުދަތުރު ކުރުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް