މިދިޔަ އޮކްޓޫބަރު މަހު 29 ވަނަ ދުވަހު ލ. ގަމުގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ގަމު މުކުރިމަގު ލިންކް ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކާއި ޕިކަޕެއް ޖެހިގެންނެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރު މަހު 29 ވަނަ ދުވަހުގެރޭ 9:30 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ އެކްސިޑެންޓްވި ގަޑީގައި ވެސް އެކިތަންތަނުން ބިންދައިގެން ގޮސްފައި ހުއްޓެވެ. އެވަގުތު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެ ޒުވާނާއަށް ފަުރުވާ ދިންނަމަވެސް ފަހުން ވަނީ އިމަޖެންސީކޮށް އިތުރު ފަރުވާއަށް މާލެ ގެންގޮސްފައެވެ.
ގަމު މުކުރިމަގު އަވަށަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މި ޒުވާނާ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ރޭގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް