ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ހިދުމަތާއި ސްޓެލްކޯއިން ހަވާޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ހިދުމަތާއި ރަސްމީކޮށް ހަވާލުވެއްޖެ އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ ސިޓީގެ އިންޖީނުގެއާ ސްޓެލްކޯ އޮފީހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޒުވަރު ވިދާޅުވީ ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ.
އެ ކުންފުނިން ވަނީ މިދިޔަ މަހު ފަހުކޮޅު އައްޑޫ ސިޓީގެ އިންޖީނުގެ ތަކާއިވެސް ހަވާލުވެ ރަސްމީކޮށް ހިންގަން ފަށާފައިވެ އެވެ. އަދި ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގެ އިންޖީނުގެތަކުގެ ހިންގުމާއި ހަވާލުވާނެ ކަމަށް ބުނެފައިވެ އެވެ.
ފެނަކަ އާއި އާރުޑީސީ އުވާލަން ރައީސް ނިންމެވީ މިދިޔަ މަހު އެވެ. ގޮތަށް ނިންމީ އެ ދެ ކުންފުނިން ސަރުކާރަށް ވަރަށް ބޮޑަށް ގެއްލުންވަމުންދާތީ ކަމަށް ރައީސް ވިދާޅުވެފައި އެވެ.
އާރުޑީސީ އުވާލުމަށް ފަހު ސަރުކާކާރުން ނިންމާފައިވަނީ އެ ކުންފުންޏާއި މުވައްޒަފުން އެމްޓީސީސީއަށް ބަދަލު ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް