ރާއްޖެއިން އިތުރު 51 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ މީހުންގެ ތެރެއިން 46 މީހުންނަކީ މާލެއިން ޕޮސިޓިވްވި މީހުން ކަމަށެވެ. އަނެއް ފަސް މީހުން ޕޮސިޓިވްވެފައިވަނީ އަތޮޅު ތެރޭގެ ރަށްރަށުންނެވެ.
ޕޮސިޓިވްވެފައިވަނީ 33 ދިވެހިންނާއި 18 ބިދޭސީންނެވެ. މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 1،534 ސާމްޕަލެވެ.
ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ 1،140 މީހުންނަށެވެ. އޭގެ ތެރެއިން 54 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 9،931 މީހުން މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 11،113 މީހުންނަށެވެ. އޭގެ ތެރެއިން 35 މީހުން ވަނީ މަރުވެފައި އެވެ.
https://twitter.com/HPA_MV/status/1316786349685583874
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް