ސީރިޔާއަށް ހަނގުރާމައަށް ގޮސްފައި އައި ދިވެއްސަކު ހައްޔަރުކޮށްފައިވާކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެއްސެކެވެ. އެއީ ސީރިޔާގައި ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވެފައިވާ ފަރާތެއް ކަމުގައި ޝައްކު ކުރެވޭކަމުގައި ސީޕީ ވިދާޅުވެފައިވެއެވެ.
މިހާތަނަށް މި މީހާ އާއި ގުޅޭގޮތުން ފުލުހުން ހާމަކޮށްފައިވަނީ މި މައުލޫމާތުތައް އެކަންޏެވެ.
https://twitter.com/M_Hameedh/status/1316771718145343490
ސީޕީ އިތުރަށް ވިދާޅުވީ އޭނާއަކީ ރާއްޖޭގެ "ފޮރިން ޓެރަރިސްޓް ފައިޓާސް" ލިސްޓުގައި ހިމެނޭ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެމީހާގެ ގެ ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް