ރާއްޖޭގައި ހުރި އަމިއްލަ އެންމެބޮޑު ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުން ޕީސީއާރް ޓެސްޓު ހަދައިދޭ އަގު ހެޔޮކޮށްފި އެވެ.
އެ ހޮސްޕިޓަލުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާތްﷲ ގެ ވާގިފުޅާއެކު، އެ ހޮސްޕިޓަލުގައި ޕީސީއާރް ޓެސްޓު ހަދަމުން ދިޔަ ލެބޯޓްރީގައި ގާއިމު ކުރެވިގެން ދިޔަ ފުރިހަމަ އޮޓޯމޭޓެޑް ރޯޗް ލައިޓް ސައިކްލަރ 480 ޕީސީއާރް ސިސްޓަމާއި އެކު ކޯވިޑް ޓެސްޓު ހެދުމުގެ ޚަރަދު ކުޑަވެގެން ގޮސްފައިވާ ކަމަށެވެ.
އެހެންކަމުން އަގު ދަށްވުމުގެ ފައިދާ މި ޚިދުމަތް ހޯދާ ފަރާތްތަކަށް ޙިއްސާކުރަން ބޭނުންވާތީ، މި އޮކްޓޯބަރ މަހުގެ16 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގައި ޕީސީއާރް ޓެސްޓު ހަދައިދޭ އަގު ހެޔޮކުރާނެ ކަމަށެވެ.
އެގޮތުން ދިވެހިންނާއި ވާރކްޕަރމިޓް ހޯލްޑަރުންނަށް ޕީސީއާރް ޓެސްޓު ހަދައިދޭނީ 1200 ރުފިޔާއަށް ކަމަށާއި ޓޫރިސްޓުންނަށް ޕީސީއާރް ޓެސްޓު ހަދައިދޭނީ ޔޫއެސް 80 ޑޮލަރަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.
ދިވެހިންނަށާއި ވަރކްޕަރމިޓް ހޯލްޑަރުންނަށް އެ ހޮސްޕިޓަލުން މީގެކުރިން ޕީސީއާރް ޓެސްޓު ހަދައިދިނީ 1500 ރުފިޔާ އަށެވެ. އަދި ޓޫރިސްޓެއް ނަމަ، ޔޫއެސް 110 ޑޮލަރަށެވެ.
https://twitter.com/ADKHospital/status/1316739467030405123
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް