އެޗްޕީއޭގެ މާސް އިންސްޕެކްޝަންގައި އަތޮޅުތަކުން 1561 ތަނެއް، އަދި މާލެއިން 3277 ތަނެއް ބަލައި ފާސްކޮށްފި ކަމަށް އެޗްއީއޯސީ އިން ހާމަކޮށްފި އެވެ.
އެޗްއީއޯސީ ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އަތޮޅު ތެރޭގައި އެޗްޕީއޭ އިން މިހާރު ކުރިއަށް ގެންދާ މާސް އިންސްޕެކްޝަނުގައި 1561 ތަނެއް އިންސްޕެކްޓު ކޮށްފައިވާ ކަމަށވެ.
ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކާބޯތަކެތީގެ ޚިދުމަތްދޭ 335 ތަނަކާއި 1148 ފިހާރައާ 51 ސެލޫން އަދި 22 މާރުކޭޓާއި 5 ޖިމް އަތޮޅުތަކުން އިންސްޕެކްޓު ކުރެވިފައިވާ ކަމަށެވެ.
މިހަފުތާ ބަންދާ ހަމައަށް އިންސްޕެކްޝަން ކުރިއަށް ދާނެ ކަމަށާއި މާލޭގައި މިހާރު ކުރިއަށް ގެންދާ 4 ވަނަ ރައުންޑް އޮފް އިންސްޕެކްޝަންގައި 3277 ތަނެއް އިންސްޕެކްޓު ކުރެވިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ މާލެއިން އިންސްޕެކްޓް ކުރި ތަންތަނުގެ ތެރޭގައި 2534 ފިހާރަ، 586 ކެފޭ، 122 ސެލޫން، 17 ޖިމް އަދި 18 މާރުކޭޓު ހިމެނޭ ކަމަށެވެ. އަދި 112 ތަނެއް ބަންދު ކުރެވިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް