ފްރާންސުގައި ކޯވިޑްގެ 2 ވަނަ ރާޅުގެ ނުރައްކާ ބޮޑުވެ، ކާފިއު އިޢުލާން ކުރަން ނިންމައިފި އެވެ.
އެގައުމުގެ ރައީސް އެމަނުއެލް މެކަރޮން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކާފިއި އިޢުލާން ކުރާނެ ކަމަށެވެ.
އެގޮތުން ޕެރިސް ހިމެނޭހެން 9 ސިޓީއެއްގައި ކާފިއު އިޢުލާން ކުރުމަށް ނިންމާފައިވާ އިރު، ކޮންމެ ދުވަހަކު ރޭގަނޑު ނުވަޔަކުން ހެނދުނު ހައެއް ޖެހުމާ ހަމައަށް ކާފިއު އިޢުލާން ކުރަން ނިންމަވާފައިވާ ކަމަށް ރައީސް އެމަނުއެލް ވިދާޅުވި އެވެ.
ފްރާންސުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް މިހާރު ވަނީ އިޢުލާން ކޮށްފައެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތަކުގައި ކޯވިޑްގެ ކޭސްތައް އަންނަނީ އިތުރުވަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް